logoEN
cocacola
މަންޓާ އެއާއިން ބައިނަލްއަގުވާމީ ދަތުރުތައް ފަށަނީ، ފުރަތަމަ ދަތުރު އިންޑިއާއަށް

މަންޓާ އެއާއިން ބައިނަލްއަގުވާމީ ދަތުރުތައް ފަށަނީ، ފުރަތަމަ ދަތުރު އިންޑިއާއަށް

އައިޝަތު އިފާޝާ

logo

9/11/2022, 12:15:30 PM

# މަންޓާ އެއާލައިން

214602_3_b04d8c8ec5fe5361029410425859a4764d0f6020_medium

މަންޓާ އެއަރއިން ބައިނަލްއަޤްވާމީ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ގޮސިޔާ

ރާއްޖޭގެ 3 އެއަރޕޯޓަކަށް މަންޓާއިން މިހާރު ވެސް އަންނަނީ ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އެއީ ދ. ކުޑަހުވަދޫ، ބ.ދަރަވަންދޫ އަދި އައްޑޫ ސިޓީއެވެ. މިމަހުގެ 5 ވަނަ ދުވަހު އެ އެއަރލައިންއިން ވަނީ ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓްއާއިއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހޯރަފުށީ އެއަރޕޯޓަށްވެސް ޗާޓަރ ދަތުރުތައް ފަށާފައެވެ.

މަންޓާ އެއަރލައިންއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރިއެރުންތަކެއް ހޯދާފައިވާ ލޯކަލް އެއަރލައިންއެކެވެ. އެ އެއަރލައިން އިން މިހާރު މަސައްކަތް ކުރަމުންދަނީ ބައިނަލްއަޤްވާމީ ދަތުރުތައް ފެށުމަށެވެ.

މަންޓާ އެއަރގެ ސީއީއޯ މުޙައްމަދު ހަލީލް ވިދާޅުވީ، މަންޓާ އެއަރ އިތުރަށް ފުޅާކޮށް ދަތުރުކުރާ މަންޒިލްތައް އިތުރުކުރުމުގެ ވިސްނުން އެ ކުންފުނިން ގެންގުޅޭކަމަށެވެ. އެގޮތުން ވަރަށް އަވަހަށް ބައިނަލްއަޤްވާމީ ދަތުރުތައް ފެށިގެންދާނެކަމަށް ހަލީލް ވިދާޅުވިއެވެ. އެގޮތުން އެންމެ ފުރަތަމަ ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ އިންޑިއާއަށްކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން މިއުޅެނީ އިންޑިއާއަށް ފުރަތަމަ ސްޓާޓްކުރަންވެގެން. މިހާރު އިންޑިއާގެ ފައިނަލް އެޕްރޫވަލް ޕްރޮސެސްތެރޭގައި އޮތީ. އިންޑިއާގެ ސިވިލް އޭވިއޭޝަނުން ފައިނަލް ވާއިރަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިންޑިއާގެ އޮޕަރޭޝަންތައް ފަށާނަން. އިންޑިއާ މާކެޓް ރަނގަޅު ވެއްޖެނަމަ އިންޑިއާގެ އިތުރު ޑެސްޓިނޭޝަންތަކަށްވެސް ދެވޭނެ. ދެން އަދި ބިޔޯންޑް އިންޑިއާއަށްވެސް އަޅުގަނޑުމެން ބަލާނަން." ހަލީލް ވިދާޅުވިއެވެ.

އިންޑިއާގެ އިތުރުން ބައިނަލްއަޤްވާމީ އެހެން މަންޒިލްތަކަށްވެސް މަންޓާ އެއަރގެ ދަތުރުތައް ފެށުމަށް އެ އެއަރލައިންއިން ދަނީ މަސައްކަތްކުރަމުންނެވެ. އިންޑިއާގެ އިތުރުން ލަންކާއަށްވެސް ދަތުރުކުރުމުގެ ލައިސަންސް މަންޓާ އެއަރއަށް ވަނީ ލިބިފައެވެ. މަންޓާ އެއަރގެ ބައިނަލްއަޤްވާމީ ދަތުރުތައް ފަށާއިރު ކެޕޭސިޓީ ބިލްޑް ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެކަމަށް މަންޓާއިން ބުނެއެވެ.

މަންޓާއިން މިވަގުތު ޑޮމެސްޓިކް ދަތުރުތަކަށް އޭޓީއާރުގެ 3 އެއަރކްރާފްޓާއި ބީޗް ކްރާފްޓްގެ ބޯޓެއް އަންނަނީ ބޭނުންކުރަމުންނެވެ. އަދި ސީޕްލޭން 11 އެއަރކްރާފްޓް އަންނަނީ ބޭނުންކުރަމުންނެވެ.

މަންޓާ އެއަރއިން ބުނީ މިއަހަރު ނިމުމުގެ ކުރިން ސީޕްލޭންގެ އަދަދު 15 އެއަރކްރާފްޓަށް ބަދަލުވެގެންދާނެކަމަށެވެ.

މަންޓާ އެއަރލައިން ރަސްމީކޮށް ލޯންޗްކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެންބަރ މަހުގެ 22 ވަނަ ދުވަހުއެވެ. އަދި މި އެއަރލައިންގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ