logoEN
cocacola
ކޮވިޑާއި ގުޅިގެން ސަރުކާރުން ކުރި ޚަރަދު 4.2 ބިލިއަން ރުފިޔާއަށް

ކޮވިޑާއި ގުޅިގެން ސަރުކާރުން ކުރި ޚަރަދު 4.2 ބިލިއަން ރުފިޔާއަށް

އައިޝަތު އިފާޝާ

logo

9/20/2022, 6:30:44 AM

# ކޮވިޑް-19# ހެލްތު މިނިސްޓަރ

181a9972

ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރުންކޮށްފައިވާ ހޭދަ މިއަހަރުގެ 2 ވަނަ ކުއާޓަރު ނިމުނުއިރު 4.2 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ގޮސިޔާ

ފިނޭންސް މިނިސްޓްރީން ނެރެފައިވާ، މިއަހަރުގެ 2 ވަނަ ކުއާޓަރުގެ، "ކުއާޓަރލީ ކޮވިޑު 19 ސްޕެންޑިންގ" ރިޕޯޓުގައިވާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ހުރި އަދަދާއި އަޅާ ބަލާއިރު، 0.6 އިންސައްތަ އިތުރު އަދަދެކެވެ.

ކޮވިޑުގެ ކޭސްތައް މަދުވެ، މި ބައްޔާއި ދެކޮޅަށް ސަރުކާރުން އެޅި ގިނަ ފިޔަވަޅުތަކަކަށް މިހާރު ވަނީ ލުއި ދީފައެވެ. މިއާއެކު މިކަމަށް ކުރާ ހޭދަވެސް މިވަނީ ދަށްވެފައެވެ. ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ކޮވިޑުގެ ހާލަތުން އަރައިގަތުމަށް ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކަށް ވަނީ 2.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. އަދި އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންއަށް 1.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި އަދަދުތަކަކީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން މިއަހަރުގެ ދެވަނަ ކުއާޓަރގެ ނިއަލަށް ކޮށްފައިވާ ޙަރަދުތަކުގެ ތަފާސް ހިސާބުތަކެކެވެ.

ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކުގެ ތެރެއިން ކޮވިޑް-19ގެ ޙާލަތުން އަރައިގަތުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ މަސައްކަތްތަކަށެވެ. އެގޮތުން އެ މިނިސްޓްރީއަށް 943.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދެން އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ މަސައްކަތްތަކަށެވެ. އެ ސެންޓަރުގެ މަސައްކަތްތަކަށް 785 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. 3 ވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އައިޖީއެމްއެޗްއަށެވެ. އެ ހޮސްޕިޓަލަށް ވަނީ 232 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ކޮވިޑް-19އަށް ސަރުކާރުން ކުރާ ހޭދައިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ.

ކޮވިޑުގެ ހާލަތު ރާއްޖޭގައި ކޮންޓްރޯލްވެފައިވާއިރު، ކޮވިޑުން އަރައިގަތުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކަށް ދުނިޔޭގެ އެކި ވުޒާރާތަކުން ވަނީ ތައުރީފުކޮށްފައެވެ. ރާއްޖޭގެ އިޤްތިސާދަށް ކޮވިޑާއި އެކު ގިނަ އަސަރުތަކެއް ކުރި ނަމަވެސް، މި ޙާލަތުން އަރައިގަނެ، ކުރީގެ ޙާލަތަށް މިއަހަރުގެ ފަހުކޮޅު ރުޖޫޢަ ވެވޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ