logoEN
Sto top
މާފަރުގައިވެސް ލެބޯޓަރީގެ ހިދުމަތް ފަށައި ނ އަތޮޅުގެ ހުރިހާ ސިއްހީ މަރުކަޒެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކޮށްފި

މާފަރުގައިވެސް ލެބޯޓަރީގެ ހިދުމަތް ފަށައި ނ އަތޮޅުގެ ހުރިހާ ސިއްހީ މަރުކަޒެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކޮށްފި

އަހުމަދު ޝުރާއު

logo

2/3/2026, 11:32:07 AM

# ނ އަތޮޅު# ހެލްތު މިނިސްޓަރ

-

ނ މާފަރު ސިއްހީ މަރުކަޒުގައިވެސް ލެބޯޓަރީގެ ހިދުމަތް ފަށައި ނ އަތޮޅުގެ ހުރިހާ ސިއްހީ މަރުކަޒެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކޮށްފި އެވެ.

Wamco

މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި އެރަށުގައި ލެބޯޓަރީގެ ހިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމެވެ. މިއަދުގެ ރަސްމިއްޔާތުގައި އެރަށު ކައުންސިލްގެ މެންބަރުންނާއި ސިއްޙީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އާއްމު ބަލިތަކަށް ޓެސްޓު ކުރުމަށް ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރުމަކީ ޞިއްޙީ ދާއިރާއިން ސަރުކާރުގެ މުހިންމު ވަޢުދެކެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ލެބޯަޓަރީގެ ހިދުމަތް ފެށުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ނ.އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮތް އިރު މިހާތަނަށް ހުރިޔާ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ވަނީ ފަށާފައި އެވެ. މިނިސްޓަރު ނާޒިމް މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާޅެންދޫއާއި މިލަދޫ ސިއްހީ މަރުކަޒުގައިވެސް ލެބޯޓަރީގެ ހިދުމަތް އިއްޔެ ވަނީ ފައްޓަވައިދެއްވާފައި އެވެ.

މި ހިދުމަތްތަކުގެ އިތުރުން ނ އަތޮޅުގެ ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިއްޔެ ނ.އަތޮޅު ހޮސްޕިޓަލުގައި ފިޒިއޮތެރަޕީގެ ޚިދުމަތާއި، ނަފްސާނީ ބަލީގެ ޚިދުމަތްވެސް ވަނީ ރަސްމީކޮށް ފަށާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC