
ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމާބެހޭ ސާރވޭ އަށް އާއްމުންގެ ހިޔާލަށް ހުޅުވައިފި
# ހެލްތު މިނިސްޓަރ--
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމާބެހޭ ސާރވޭ އަށް އާއްމުންގެ ހިޔާލު ހޯދުމަށް ހެލްތު ޕްރޮޓެކްޗަން އެޖެންސީން އާއްމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ/އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރަން ވަޒީރުންގެ މަޖިލީހުން މިހާރު ވަނީ ނިންމާފައެވެ.
އެޗްޕީއޭ އިން އާއްމުންނަށް ހުޅުވާލާފައިވާ ސުވާލުގައި ހަތަރު ބަޔަކަށް ބަހާލާފައިވެއެވެ. އޭގެ ތެރޭގައި ދުންފަތާއި ގުޅިގެން ހެދިފައިވާ ގަވާއިދުތަކާއި ގުޅޭ ސުވާލާއި، ދުންފަތުން ލިބޭ ގެއްލުމާއި ގުޅުންހުރި ސުވާލުތަކަށް ހިމެނެއެވެ. މީގެ އިތުރުން ދުންފަތުން ދުރުވުމަށް ދޭ ސެޒޭޝަން ފަރުވާގެ މައުލޫމާތުގެ ސުވާލުތައް ހިމެނެއެވެ.
އަދި މި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
މިގޮތުން މި ޤާނޫނަށް އިޞްލާޙު ގެނެސް ތަޞްދީޤުކުރާ ތާރީޚުން ފެށިގެން ޤާނޫނަށް ޢަމަލުކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު، 1 ނޮވެންބަރު 2025 ގައި މި ޤާނޫނު ތަންފީޒުކުރަން ފެށުމަށް ވަނީ ނިންމާފަ އެވެ.
ގުޅުންހުރި

މާފަރުގައިވެސް ލެބޯޓަރީގެ ހިދުމަތް ފަށައި ނ އަތޮޅުގެ ހުރިހާ ސިއްހީ މަރުކަޒެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކޮށްފި

އިސްލާމިކް ކޮންފަރަންސް އޮފް މިނިސްޓަރސް އޮފް ހެލްތު ގައި މިނިސްޓަރ ނާޒިމް ބައިވެރިވެވަޑައިގެންފި

ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމާބެހޭ ސާރވޭ އަށް އާއްމުންގެ ހިޔާލަށް ހުޅުވައިފި





