
044850-batch img 7230
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ބަހުގެ ޙިދުމަތް މާލެ ސަރަޙައްދުގައި އިތުރު ދެ ހަފުތާއަށް ހިލޭ ފޯރުކޮށްދޭން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ އިތުރު ފުރުޞަތު ދިނުން ކަމަށެވެ. އަދި ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުމަށް ކަމަށެވެ.
މީގެ އިތުރުން ޙިދުމަތަށް އަގު ނަގައިގެން ދަތުރުކުރަން ފެށުމާއެކު ޓިކެޓް ނަގަން ބޭނުންކުރަންޖެހޭ އާރް.ޓީ.އެލް. ޓްރެވަލް އެޕަށް ކަސްޓަމަރުން އަހުލުވެރިކުރުމަށް އިތުރު ފުރުސަތު ދިނުމަށް ކަމަށް އެމްޓީސީސީން ބުނެއެވެ.
މާލެ ސަރަހައްދުގައި އާރް.ޓީ.އެލް ބަހުގެ ޚިދުމަތް ހިލޭ ފޯރުކޮށްދެވޭ މުއްދަތު ނިމުމުން، އާރް.ޓީ.އެލް. ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ކިޔު.އާރް ޓިކެޓް ގަނެގެން ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މާލޭގައި ބަހުގެ ޚިދުމަތް ކޮންމެ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 00:15 އަށް ފޯރުކޮށްދެއެވެ. ބަހުގެ ޚިދުމަތް ކޮންމެ 10 މިނެޓަކާއި 15 މިނެޓާއި ދޭތެރޭ ވަގުތެއްގައި ކޮންމެ ބަސް ސްޓޮޕަކުންވެސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު މި ޙިދުމަތަށް ކަނޑައަޅާފައިވާ އަގަކީ ދަތުރަކަށް -/7 ރުފިޔާއެވެ.
ގުޅުންހުރި

ގއ އަތޮޅު ސްކޫލުގެ މަލްޓި ޕާޕަސް ހޯލްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ

ފަރެސްމާތޮޑާގައި ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ

އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މިލަންދޫގެ ތިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ
