logoEN
cocacola
ރާނީގެ ޖަނާޒާއަށް ދައުވަތު ނުދޭ 6 ޤައުމު!

ރާނީގެ ޖަނާޒާއަށް ދައުވަތު ނުދޭ 6 ޤައުމު!

އަހުމަދު ޝުރާއު

logo

9/18/2022, 2:45:11 PM

# ރާނީ އެލިޒަބަތު

107115597-1662658308962-FcJld7qWIAA-CUu

މާދަމާ އަކީ މުޅި ދުނިޔެއަށްވެސް މުހިންމު ދުވަހަކަށް މިވަނީ ވެފައެވެ. އިނގިރޭސި ރާނީ އެލިޒަބަތު 2 ގެ ޖަނާޒާ މާދަމާ ބާއްވާނެއެވެ.

ގޮސިޔާ

މި ޖަނާޒާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޝާހީ އާއިލާގެ ބޭފުޅުންނާއި އިއްޒަތްތެރިން އިނގިރޭސިވިލާތަށް ދަތުރުކުރައްވާނެ އެވެ. ޤައުމުތަކުގެ ވެރިންނަށްވެސް ރާނީގެ ޖަނާޒާއަށް އިނގިރޭސި ވިލާތުންވަނީ ދައުވަތު ފޮނުވާފައެވެ. އޭގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ.

ރަސްމީ ގެސްޓް ލިސްޓް އަދި އާންމު ކޮށްފައި ނުވި ނަމަވެސް، ނިއުޔޯކް ޕޯސްޓުން ވަނީ ރާނީގެ ޖަނާޒާއަށް ދައުވަތު ނުދޭ 6 ޤައުމެއްގެ ނަން ކަމާބެހޭ ފަރާތްތަކުގެ މަސްދަރުތަކުން ހޯދައި އިއުލާނުކޮށްފައެވެ.

އެގޮތުން އެ 6 ޤައުމަކީ :

ރަޝިއާ

އަފްގާނިސްތާން

ބެލެރައުސް

މިޔަންމާ

ސީރިއާ

ވެނެޒުއޭލާ

މި ޤައުމުތަކަކީ މިހާލު ދާހިލީ ހަނގުރާމަތަށް ހިނގަމުންދާ ޤައުމުތަކެވެ. މި ޤައުމުތަކަށް ދައުވަތު ދީފައިނުވަނީ އެސަބަބާއި ހެދި ކަމަށް ރިޕޯޓްތަށް ބުނެއެވެ.

ރާނީ އަވަހާރަވީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. ޝާހީ އާއިލާގެ އާދަކާދައިގެ ތެރެއިން ރާނީއަށް އިހްތިރާމް އަދާކުރުމާށް 10 ދުވަސް ހޭދަކުރެއެވެ. ރާނީގެ ޖަނާޒާގައި ބައިވެރިވުމަށް ގިނަ ޤައުމުތަކުގެ ވެރިން މިހާރު ވަނީ އިނގިރޭސިވިލާތަށް މިހާރު ގޮސްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ