logoEN
cocacola
ރާނީގެ ސަންދޯއް ބަލާލުމަށް މޫސާ އަންވަރު 13 ގަޑިއިރު އިންތިޒާރުކޮށްފި

ރާނީގެ ސަންދޯއް ބަލާލުމަށް މޫސާ އަންވަރު 13 ގަޑިއިރު އިންތިޒާރުކޮށްފި

އައިޝަތު އިފާޝާ

logo

9/18/2022, 7:15:47 AM

# ރާނީ އެލިޒަބަތު# މުސާ އަންވަރު

Fc3mVu-WQAEesCp

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދޭއްގެ ސަންދޯއް ބަލާލުމަށް އެގައުމުން ހިމާޔަތް ހޯދައިގެން ދިރިއުޅެމުންދާ މޫސާ އަންވަރު ކިއުގައި 13 ގަޑި ހޭދަކޮށްފިއެވެ.

ގޮސިޔާ

އެކަން ހާމަކޮށް މޫސާ އަންވަރު ކުރި ޓުވީޓެއްގައި ބުނީ، 13 ގަޑިއިރު ކިއުގައި އިންތިޒާރު ކުރުމަށްފަހު، ރާނީ އެލިޒަބަތުގެ ސަންދޯއް ބަލާލުމުގެ ފުރުސަތު އޭނާއަށް ލިބިފައިވާ ކަމަށެވެ.

ރާނީއަށް ފަހުގެ އިހްތިރާމު އަދާ ކުރިކަން ހާމަކުރަމުން މޫސާ އަންވަރު ބުނީ، މީގެ 60 އަހަރު ކުރިން އައްޑޫއަށް ރަން ޒަމާނެއް ގެނެސް ދެއްވި ރާނީއަށް އަބަދު ވެސް ޝުކުރުވެރިވާ ކަމަށެވެ.

View post on Twitter

ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ވަނީ އިނގިރޭސިވިލާތަށް ފުރާ ވަޑައިގެންފައެވެ.

ރައީސްގެ ދެ ކަނބަލުންގެ މި ދަތުރުފުޅަކީ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު އަވަހާރަވުމާއި ގުޅިގެން އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު، ޗާސްލް އާއި ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި އެ ޢާއިލާގެ މި ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ