logoEN
Sto top
42 ކައުންސިލަކަށް އެސްޖީން ހޯދަނީ

42 ކައުންސިލަކަށް އެސްޖީން ހޯދަނީ

އައިޝަތު އިފާޝާ

logo

9/18/2022, 1:00:00 PM

# ލޯކަލް ގަވާމަންޓް އޮތޯރިޓީ

FTiX7zRVEAEV6SP

ލޯކަލް ކައުންސިލްތަކުގެ އިދާރީ އެންމެ އިސްވެރިޔަކަށް އައްޔަންކުރެއްވުމަށް އިތުރު 42 ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް ސިވިލް ސާރވިސް ކޮމިޝަން، ސީއެސްސީ އިން އިޢުލާންކޮށްފިއެވެ.

Wamco

ލޯކަލް ކައުންސިލުތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ އެސްޖީގެ މަޤާމަށް މީހުން ހޯދުމަށްޓަކައި ސިވިލްސާވިސް ކޮމިޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކޮމިޝަނުން އެންމެ ފުރަތަމަ އެސްޖީންގެ މަޤާމަށް ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭރު އެކޮމިޝަނުން ހުޅުވާލީ 200 ކައުންސިލްގެ އިދާރާއަށް ސެކްރެޓަރީ ޖެނެރަލުންގެ މަޤާމަށެވެ.

ނަމަވެސް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެެރޭގައި ކުރި މަސައްކަތުން އައްޔަން ކުރެވިފައިވަނީ 127 ސެކެޓްރީ ޖެނެރަލުންނެވެ. އައްޔަން ކުރި އެސްޖީންގެ ތެރެއިން ބައެއް އެސްޖީން އިސްތިއުފާ ދީފައިވާކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.

ސިވިލް ސާރވިސް ކޮމިޝަނުން ކޮށްފައިވާ އިއުލާންގައި ވަނީ، ޝަރުތު ހަމަވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން ކުރިމަތިލުމަށް ހުޅުވާލާފައިވާކަމަށް ބަޔާންކޮށްފައެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް އައްޔަންކުރާ ސެކްރެޓަރީ ޖެނެރަލުންގެ ދެ ރޭންކަކަށް މީހުން ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.

މިމަގާމުގެ ފުރަތަމަ ރޭންކްގެ މުސާރަ އަކީ 16،100 ރުފިޔާއެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 12،285 ރުފިޔާއެވެ. ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް ދަތިވެފައިވާތީ، ސިވިލް ސާރވިސް ކޮމިޝަނުން މިހާރު ވަނީ އެމަޤާމުގެ ޝަރުތުގެ ތެރޭގައި ޑިގްރީ އޮތް މީހަކަށް ވާންޖެހޭކަމަށް ބަޔާންކޮށްފައި އޮތް އޮތުން ދަށްކޮށް، ޑިޕްލޮމާގެ ފެންވަރު މީހުންނަށްވެސް ކުރިމަތިލެވޭގޮތަށް ބަދަލުކޮށްފައެވެ.

ކައުންސިލްތަކުގެ އެސްޖީއަށް ކުރިމަތިލީ މީހުން ހޮވުމުގައި އިންޓަވިއުކުރުމަށްފަހު 60 އިންސައްތައަށް ވުރެން މަތިން މާކްސް ލިބޭ މީހުންގެ ތެރެއިން މެރިޓް އުސޫލުން އެންމެ ޤާބިލު މީހަކު ކަނޑައަޅާނެއެވެ. އަދި އެމީހަކާއި ގުޅޭ ގޮތުން އެ ކައުންސިލެއްގެ ލަފާ ހޯދާ އެ މީހަކު މަޤާމަށް އައްޔަންކުރާނީ ކައުންސިލްގެ ލަފަޔާއެކުއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC