logoEN
WAMCO TOP 1
ކައުންސިލްތަކަށް އަލަށް އިންތިހާބުވި ގިނަ މެމްބަރުން ހުވާކޮށްފި

ކައުންސިލްތަކަށް އަލަށް އިންތިހާބުވި ގިނަ މެމްބަރުން ހުވާކޮށްފި

# ލޯކަލް ގަވާމަންޓް އޮތޯރިޓީ# ލޯކަލް ކައުންސިލްތައް

މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރުން ހުވާކުރުމާއި އ.ތ.މ ކޮމެޓީގެ މެންބަރުން އިގުރާރުވުމުގެ ރަސްމިއްޔާތު - ގާފު ފޮޓޯ: އަހްމަދު ރީހާން

ލޯކަލް ކައުންސިލްތަކަށް އަލަށް އިންތިހާބުވި މެމްބަރުން ހުވައިކުރުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިހާބުވި މެމްބަރުން އިގްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުތައް ބާއްވަން ފަށައިފި އެވެ.

THE TRAVELLER AD

ތިނަދޫ ސިޓީ ފިޔަވައި ހުރިހާސިޓީއެއްގެ ރަސްމިއްޔާތުތައް ބާއްވާފައިވާއިރު، އެހެން ރަށްތަށުގެ ރަސްމިއްޔާތުތައްވެސް މިއަދުގެ އެކިގަޑިތަކުގައި ކުރިއަށްދާނެ އެވެ. ތިނަދޫ ސިޓީގެ ހުވައިކުރުމުގެ ރަސްމިއްޔާތު ބާއްވަން ނިންމާފައިވަނީ މިރޭ 8:15 ގައެވެ.

ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުތަކުގައި ހުވާލައިދެއްވީ އެރަށަކަށް އެކަމަށް ކަނޑައެޅިފައި ހުންނަވާ ފަނޑިޔާރު ނުވަތަ ޤާޟީއެކެވެ.

އަލަށް އިންތިހާބުވި ހުރިހާ މެންބަރުން ހުވާކުރައްވައި އިޤުރާރުގައި ސޮއިކުރައްވައި ނިމުމާއެކު، ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބާއްވާނެއެވެ. މި ބައްދަލުވުންތަކުގައި ޑެޕިއުޓީ މޭޔަރުންނާއި، ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. މިއީ އައު ދައުރުގެ މަސައްކަތްތައް ރަސްމީކޮށް ފެށުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންވެސް އިޤުރާރުގައި ސޮއިކުރެއްވުމަށްފަހު، އެކޮމެޓީތަކުގެ ނައިބުރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.

ކޮމެންޓް
ފަހުގެ
HDC