logoEN
cocacola
ގާބިލުކަން އިތުރުކުރުމުގެ ތަމްރީނަށް ކައުންސިލްތަކާއި ޑަބްލިއުޑީސީތައް އިންޑިއާއަށް

ގާބިލުކަން އިތުރުކުރުމުގެ ތަމްރީނަށް ކައުންސިލްތަކާއި ޑަބްލިއުޑީސީތައް އިންޑިއާއަށް

އައިޝަތު އިފާޝާ

logo

9/16/2022, 1:30:20 PM

# ލޯކަލް ގަވާމަންޓް އޮތޯރިޓީ# ޑަބްލިއުޑީސީ# ރަށު ކައުންސިލްތައް

247110_f5514c92-e_

ކައުންސިލްތަކާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ފުރަތަމަ ބެޗް އަންނަ ނޮވެމްބަރު މަހު ތަމްރީނަށް އިންޑިއާއަށް ފުރާނެކަމަށް އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ، އެހެން ހުރިހާ މުވައްސަސާއެއްހެން، އެލްޖީއޭއަށްވެސް ބަޖެޓުގެ ދަތިކަން އޮތްކަމަށެވެ. މިއާއެކު ފަންނީ މުވައްޒަފުން ހޯދުމުގައި ގޮންޖެހުންތަކާ ކުރިމަތިވާކަމަށެވެ.

އަފްޝަން ވިދާޅުވީ ބަޖެޓް ނެތުމަކީ ކަމެއް ނުކުރެވެންޖެހޭ ސަބަބެއް ނޫންކަމަށާއި، ބޭރުގެ އެކިއެކި ފަރާތްތަކުގެ އެހީ މި މަސައްކަތްތަކުގައި ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަމަށެވެ. އެގޮތުން ބޭރުގެ ޑޯނަރުންނާ ޖަމިއްޔާތަކާއި ޤައުމުތަކުގެ އެމްބަސީތަކުގެ އެހީ ވަަރަށް ބޮޑަށް ލިބެމުންދާކަން އަފްޝަން ފާހަގަކުރެއްވިއެވެ.

މިއަހަރުގެ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވުން ޤާއިމުކުރެއްވި ދާއިރާތަކުގެ ތެރޭގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބޭނުންވާ ތަމްރީން ދިނުން ހިމެނެއެވެ.

"މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ އޮފް މެމްބަރސް އޮފް ލޯކަލް ކައުންސިލްސް އެންޑް ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އެންޑް ސްޓާފް އޮފް ލޯކަލް ގަވަރމަންޓް އޮތޯރިޓީ" އަކީ ދެ ޤައުމުގެ ދެމެދުގައި ފަންނީ ޤާބިލުކަން އިތުރުކުރުމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއާއި އިންޑިއާގެ މިނިސްޓްރީ އޮފް ރޫރަލް ޑިވެލޮޕްމަންޓް އެންޑް ޕަންޗަޔާތީ ރާޖްއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.

މި ޕްރޮގްރާމްގެ ތެރެއިން، އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމާ ގުޅޭ ހުރިހާ، ދާއިރާއަކަށް ފަންނީ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް ހިންގާނެއެވެ. އަފްޝަން ވިދާޅުވީ ތަމްރީނަށް ފުރަތަމަ ބެޗް އިންޑިއާއަށް ފޮނުވާލުމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާކަމަށެވެ.

"މި މަސައްކަތް ކުރަނީ ކޮންމެ މަހަކު 20-25 މީހުންގެ ބެޗެއް ފޮނުވުމަށް. މީގެތެރޭގައި ކައުންސިލް، ޑަބްލިއުޑީސީ އަދި އެލްޖީއޭގެ ސްޓާފުންވެސް ހިމަނާނަން. މި ޓަރގެޓް ކުރަނީ ނޮވެމްބަރު މަހު ފުރަތަމަ ބެޗް ފޮނުވަން." އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ މި ޕްރޮގްރާމްގައި އަލިއަޅުވާލާނެ ބައިތަކުގެ ތެރޭގައި މާލީ ކަންކަމާއި، ލޭންޑް ޔޫސް ޕްލޭނާއި ކައުންސިލްގެ އިސްނެގުމާއި ޕްލޭންތައް އެކުލަވާލުމާ ގުޅޭގޮތުން ކަމަށެވެ.

އަފްޝަން ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން، އެކި މުއްދަތުގެ ޓްރެއިނިންތައް ހިންގާނެކަަމަށެވެ. އެގޮތުން 2 ހަފްތާގެ ޓްރެއިނިން ޕްރޮގްރާމާއި، 3 ހަފްތާގެ ޕްރޮގްރާމްތައްވެސް ހިމެނޭކަމަށެވެ. މި ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށްވެސް ފުރުޞަތު އޮންނާނެއެވެ. ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށްގެންދާނެގޮތާއި ގުޅޭގޮތުން މަޝްވަރާކުރުމަށް، އަންނަ މަހު އިންޑިއާގެ ޓީމެއްވެސް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

އެލްޖީއޭއިން ވިދާޅުވީ މިއީ ރާއްޖެއިން ބޭރުގައި، ކައުންސިލްތަކަށް ތަމްރީން ދިނުމަށް ބާއްވާ މިފަދަ އެންމެ ބޮޑު ޕްރޮގްރަމްކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ