
ދޭތެރެ ޖެއްސުމާއި ދޮގު ވާހަކަ ފެތުރުމަކީ ފިތުނަ ފަސާދައަށް މަގުފަހިކުރާ ކަމެއް - ޑރ ޝަހީމް
# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުShaheem
ދޭތެރެޖެއްސުމާ ދޮގު ވާހަކަ ފެތުރުމަކީ ފިތުނަ ފަސާދައަށް މަގުފަހިކުރާ ކަމެއްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދޭތެރެ ޖެއްސުމާއި ދޮގު ވާހަކަ ފެތުރުމަކީ ފިތުނަ ފަސާދައަށް މަގުފަހިކުރުވާ އަދި މުޖުތަމައުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ނަގާލާ ކަމެއް ކަމަށެވެ.
އެހެންކަމުން އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ވިސްނަން ޖެހޭ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. ޝަހީމް އިތުރަށް ވިދާޅުވީ، ހަބަރެއް ލިބިއްޖެނަމަ އޭގެ ތެދު ދޮގު ބެލުމަކީ އިސްލާމްދީނުގެ އަހުލާގު ކަމަށެވެ.
ގުޅުންހުރި

ޝަހީމް އަދާލަތު ޕާޓީއާއި ގުޅެން މެމްބަރޝިޕް ފޯމް ހުށަހަޅުއްވައިފި: ޕާޓީންވެސް ފޯމު ބަލައިގަތުމަށް ނިންމައިފި!

މިނިސްޓަރު ޝަހީމް އަލުން އަދާލަތު ޕާޓީއާއި ގުޅިވަޑައިގަންނަވަނީ

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ދީނީ ވަޙުދަތުގެ އެންމެ ބޮޑު އެއް ރައުސްމާލަކީ އިމާމުން - ޝަހީމް
