logoEN
Sto top
އައުޔޫއެމްއަކީ މިޤައުމުގެ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމުގައި މުހިއްމު މަސައްކަތްތަކެއްކުރާ އިލްމީ ބިނާއެއް!

އައުޔޫއެމްއަކީ މިޤައުމުގެ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމުގައި މުހިއްމު މަސައްކަތްތަކެއްކުރާ އިލްމީ ބިނާއެއް!

އަހުމަދު ޝުރާއު

logo

4/18/2025, 3:17:40 PM

# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

--

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ މިޤައުމުގެ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމުގައި ނުހަނު މުހިއްމު މަސައްކަތްތަކެއްކުރާ އިލްމީ ބިނާއެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Wamco

ވަޒީރު މިހެން ވިދާޅުވީ މިރޭ ބޭއްވުނު އިސްލާމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، މިއަދުގެ ސަރުކާރުން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީ ޔުނިވަރސިޓީގެ ކުރިއެރުމަށް ޚާއްސަ އައްމިއްޔަތުކަމެއް ދެއްވާކަމަށާއި އެގޮތުން އައިޔޫއެމްގެ ކަންކަން ފަހިކޮށް ޔުނިވަރސިޓީގެ މުސްތަޤުބަލައްޓަކައި އަދި ދިމާވާ ކަންކަން ހައްލުކުރުމަކީ ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރަމުން ގެންދާކަމެެއް ކަމަށެވެ.

މީގެ އިތުރުން އިސްލާމީ ޔުނިވަރސީޓީގެ ރިސާލަތަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ދިފާޢުކޮށް އިސްލާމީ މަކާރިމުލް އަޚްލާގު ޜާއްޖޭގައި ދަމަހައްޓައި، އިސްލާމީ އަޤީދާ ހިމާޔަތްކޮށް، އެއަޤީދާ އެހެން މީހުންނަށް އުނގަންނައިދުނުމުގެ މަސްޢޫލިއްޔަތު ކަމަށްވާއިރު، އެޔުނިވަރސިޓީ ހިމާޔަތްކޮށް ދެމެހެއްޓުމަކީ މުހިއްމުކަމެއްކަން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން އިސްލާމީ ޔުނިވާސިޓީން ދަސްވެނިވާ ދަރިވަރުން އަމަލީ މައިދާނުގައިވެސް މިކަންކަން ދައްކާ ސާބިތުކޮށްދިނުމަކީ މުހިއްމު ކަމެއްކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC