
large_158887626065jaLV
އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑު ކަމުދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭގެ ވަގުތެއްގައި ފިރިހެނަކު އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑު ކަމުދިޔަ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން 40 އަހަރުގެ އިންޑިއާއަށް ނިސްބަތްވާ ފިރިހެން މީހަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ ރޭ 22:15 ހާއިރު އެވެ.
މިފަދަ މައްސަލައެއް ފެންމަތި ވެފައިވާ އިރު މިސްކިތްތަކުގެ ހުރުމަތް ކެނޑުމުގެ ސަބަބުން ހައްޔަރުކުރާ މީހުން ގިނަ ފަހަރު ދޫވެގެންދަނީ ސިކުޑީގެ މައްސަލަ ހުންނަ ކަމަށް ބުނެއެވެ. މިފަދަ މައްސަލަތަކުގައި ކުށްވެރިން ދޫވާ މައްސަލައާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށާއި ތަންފީޒީ އިދާރާތަކަށް އަންނަނީ އަމާޒުވަމުންނެވެ.
.gif&w=3840&q=75)





