logoEN
PNC TOP 3
އަންނަ އަހަރު އިސްލާމީ މަރުކަޒުގެ ފުރިހަމަ މަރާމާތެއް ކުރަނީ

އަންނަ އަހަރު އިސްލާމީ މަރުކަޒުގެ ފުރިހަމަ މަރާމާތެއް ކުރަނީ

އަހުމަދު ޝުރާއު

logo

11/12/2024, 11:58:54 AM

# އިސްލާމީ މަރުކަޒު

--

ދިވެހިރާއްޖޭގެ އިސްލާމީ އެންމެ ބޮޑު ބިނާ ކަމަށްވާ، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، އިސްލާމީ މަރުކަޒުގެ ފުރިހަމަ މަރާމާތެއް 2025 ވަނަ އަހަރު ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

PNC MID 2

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، އިސްލާމީ މަރުކަޒުގެ ކަންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ސަމާލުކަމެއް ދެއްވާކަމަށާއި، އިސްލާމީ މަރުކަޒު ރައްކާތެރިކަމާއެކު ބަލަހައްޓަވާނެކަމަށެވެ. އަދި މިކަމަށްޓަކައި 2024 ވަނަ އަހަރު މަރުކަޒުގެ ފުރިހަމަ މަރާމާތެއް ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، އިސްލާމީ މަރުކަޒަކީ ރާއްޖޭގެ އިސްލާމީ ޤައުމީ ޝަޚްޞިއްޔަތުގެ ނިޝާންކަމަށާއި އިސްލާމީ ތަރުބިއްޔަތާއި ތަޢުލީމާއި ތަމްރީނުގެ ކިއްލާކަމަށެވެ. އަދި އިސްލާމީ މަރުކަޒުގެ ބިނާކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އޭރުގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމަށް ހައްޤު ޝުކުރު އަދާކުރައްވާކަމަށެވެ.

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންދާކަމަށްވެސް ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC