logoEN
PNC TOP 3
އިސްލާމީ މަރުކަޒުގައި އަންހެނުންނަށް ނަމާދުކުރުމަށް އިތުރު ލުޔެއް!

އިސްލާމީ މަރުކަޒުގައި އަންހެނުންނަށް ނަމާދުކުރުމަށް އިތުރު ލުޔެއް!

އަހުމަދު ޝުރާއު

logo

3/24/2022, 11:24:07 PM

# އިސްލާމީ މަރުކަޒު

215722_37d58b18-1_

އަންހެނުންގެ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ފާހަގަކުރައްވައިފައިވާ އިސްލާމީ މަރުކަޒުގައި އަންހެނުންނަށް ނަމާދުކުރުމާ ގުޅޭގޮތުން ހުރި އުނދަގޫތަކަށް ޙައްލެއް ހޯއްދަވައިދެއްވައި، ބަރަކާތްތެރި ރަމަޟާން މަހަށް ޚާއްޞަކޮށްގެން އިސްލާމީ މަރުކަޒުގެ ގްރައުންޑް ފްލޯރގައި އަންހެނުންނަށް ނަމާދުކުރަން ތިބެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖެއްސެވުމަށް ނިންމަވައިފިއެވެ.

PNC MID 2

މިގޮތުން އިސްލާމީ މަރުކަޒުގެ އޮފީހުގެ ރިސެޕްޝަން ކުރިމައްޗަށްވާ ގޮތަށް ރޯދަމަހަށް ޚާއްޞަކޮށްގެން ދެ ވަނަ ފްލޯރ އަށް އަރަން އުނދަގޫވާ އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ. މިކަން މިގޮތަށް ހަމަޖައްސަވާފައިވީ ނަމަވެސް ސަރުކާރުގެ އިލްތިމާސަކީ ދެ ވަނަ ފްލޯރއަށް އެރޭވަރުގެ ކުޅެދުންތެރިކަން ހުރި އަންހެނުން ނަމާދުކުރުމަށް ދެވަނަ ފްލޯރ ބޭނުންކުރުމެވެ. އަދި އެފަދަ މީހުން ގްރައުންޑް ފްލޯރ ބޭނުންކުރާނަމަ، ދެ ވަނަ ފްލޯރ އަށް އެރުމަށް ދަތިތަކާދިމާވާ އަންހެނުންނަށް އަނެއްކާވެސް ދަތިތައް ދިމާވެ މިކަން ކުރުމުގެ މަޤްޞަދު ގެއްލޭނެ ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

މި އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަންހެނުންގެ ޙަޤީގީ ބާރުވެރިކަން ހޯދައި ދިނުމަށް ކުރަން އޮތީ އިތުރު ކޮންކަންތައްތަކެއް ތޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ވަނީ ސުވާލު އުފައްދަވާފައެވެ. މި ޖަލްސާގައި އެކަމަނާ ވަނީ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުން އޮންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ފިރިހެނެއްގެ ނަޒަރުން ވިސްނިފައިނުވާ، ތަޖުރިބާ ކޮށްފައިނުވާ ކަންތައްތަކެއް އަންހެނެއްގެ ނަޒަރުން ވިސްނާ، ސުވާލުކޮށް ހުށައެޅުންތައް ހިއްސާކުރާނެތީއާއި، ނިންމުމުގެ މޭޒަށް އަންހެނުންގެ ވިސްނުން ނުގެންނަހާ ހިނދަކު ކަންކަމަށް ޙަޤީޤީ ޙައްލެއް ހޯދުން ދަތިވާނެތީ ކަމުގައި ވިދާޅުވެފައެވެ.

މިގޮތުން ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން މިސާލު ޖައްސަވަމުން ވިދާޅުވީ އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވާ ރަމަޟާން މަހަށް ތައްޔާރުވާއިރު އިތުރަށް ވިސްނާލަންވީކަމެއް އޮތްތޯ އަންހެނެއް ގާތު އެހުމަށާއި، މިފަދަ ސުވާލެއް ކޮށްފިނަމަ، ޖަވާބަކަށް، ދެ ވަނަ ފްލޯރއަށް ނޭރޭނެ އަންހެނުންވެސް ތިބޭނެކަމަށާއި އަންހެނުންނަށް ވެސް ގްރައުންޑް ފްލޯރގައި ނަމާދުކުރަން ތިބެވޭނެ ޖާގައެއް ހޯއްދަވައިދެއްވުމަށް ބޭނުންވާނެކަމުގައި ފާހަގަކުރައްވާނެ ކަމަށެވެ

E living
ކޮމެންޓް
E living
ފަހުގެ
HDC