logoEN
Sto top
އޭޝިއާގެ އެންމެ ބޮޑު ޑައިވިން އިވެންޓްގައި ރާއްޖެ ޕްރޮމޯޓްކުރަނީ

އޭޝިއާގެ އެންމެ ބޮޑު ޑައިވިން އިވެންޓްގައި ރާއްޖެ ޕްރޮމޯޓްކުރަނީ

އައިޝަތު އިފާޝާ

logo

9/17/2022, 6:30:49 AM

# ވިޒިޓް މޯލްޑިވްސް# ފަތުރުވެރިކަމުގެ ރަން އަހަރު

New Project (37)

ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި ލިބެންހުރި ޑައިވް އެޑްވެންޗަރސްތައް އޭޝިއާގެ އެންމެ ބޮޑު ޑައިވް އިވެންޓް، އެޑެކްސް 2022 ގައި ޕްރޮމޯޓްކުރަން ފަށައިފިއެވެ.

Wamco

ސިންގަޕޫރުގެ ސޭންޑްސް އެކްސްޕޯ އެންޑް ކޮންވެންޝަން ސެންޓަރުގައި ސެޕްޓެމްބަރު މަހުގެ 16 އިން 18 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ މިހަރަކާތުގައި ރާއްޖެއިން ބައިވެރިވެފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ, ވިޒިޓް މޯލްޑިވްސް) އަދި އިންޑަސްޓްރީ ޕާޓްނަރުންނެވެ.

26 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ އެޑެކްސްއަކީ އޭޝިއާގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ދިގު މުއްދަތަކަށް ކުރިއަށް ގެންގޮސްފައިވާ ޑައިވް އެކްސްޕޯއެވެ. މިއީ ޑައިވް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކޮންމެހެންވެސް ޒިޔާރަތްކުރަން ޖެހޭ ހަރަކާތެއްގެ ގޮތުގައި ނަން މަޝްހޫރުވެފައިވާ ހަރަކާތެކެވެ.

އެޑެކްސްއިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ ވީއައިޕީންނާއި ސްޕީކަރުނާއި ސައިންސްވެރިންނާއި، ކަނޑުގެ ކޮންޒަވޭޝަނިސްޓުންނާއި، ކަނޑު އަޑީގެ ފޮޓޯގްރާފަރުންނާއި، ވީޑިއޯގްރާފަރުންނާއި، އަދި އެހެނިހެން ފަރާތްތައް އެއްތަނަކަށް ބައްދަލުވުމަށް މަގުފަހިކޮށްދެއެވެ.. އަދި މިއީ ޑައިވް އޮޕަރޭޓަރުންނާއި، އިކުއިޕްމަންޓް އުފައްދާ ފަރާތްތަކާއި، ގައުމީ ޓޫރިޒަމް ބޯޑުތައް ފަދަ އެކިއެކި އެގްޒިބިޓަރުން ބައިވެރިވާ ހަރަކާތެކެވެ.

އެޑެކްސް 2022 ގައި ބައިވެރިވުމަކީ ރާއްޖޭގެ ވިޒިބިލިޓީ އިތުރުކޮށް، ދެކުނު އިރުމަތީ އޭޝިއާގެ ބާޒާރުގައި ޕްރިމިއާ އަދި އެންމެ މަގުބޫލު ޑައިވް ޑެސްޓިނޭޝަނެއްގެ ގޮތުގައި މަންޒިލް ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެއްކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އަދި މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ޑައިވް ސެގްމަންޓު، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ފަތުރުވެރިންވެސް ހިމެނޭގޮތަށް ފުޅާދާއިރާއެއްގައި ޕްރޮމޯޓް ކުރުމަށް އެހީތެރިވެދޭނެކަމަށްވެސް އެމްއެމްޕީއާރްސީން ބުނެއެވެ.

މި އިވެންޓުގައި ބައިވެރިވެފައި މިވަނީ ރާއްޖޭގެ އެކި ސެގްމެންޓުތައް ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީއިން ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. 6 ކުންފުންޏެއްގެ 11 ބައިވެރިން އެމްއެމްޕީއާރުސީއާއެކު މި އިވެންޓުގައި ބައިވެރިވެ، އެފަރާތްތަކުގެ ޑައިވްއާ ގުޅުންހުރި އުފެއްދުންތަކާއި ހިދުމަތްތައް ޕްރޮމޯޓްކުރަމުންދާނެއެވެ.

View post on Twitter

މި އިވެންޓްގައި، އެމްއެމްޕީއާރުސީން ޑައިވިންއަށް ހާއްސަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ރާއްޖެ ޕްރޮމޯޓުކޮށް، ރާއްޖޭގެ އުފެއްދުންތަކާއި (ރިސޯޓްތަކާއި، ހޮޓަލްތަކާއި، ގެސްޓްހައުސްތަކާއި، ލައިވްބޯޑްތަކާއި)، ތަފާތު ތަޖުރިބާތައް، ހާއްސަކޮށް ޑައިވް އަދި ވޯޓާ ސްޕޯޓްސްއާ ގުޅޭ ތަޖުރިބާތަކާއި، ކަނޑުއަޑީގެ ރީތިކަން ދެކުނު އިރުމަތީ އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ފަތުރުވެރިންނާއި މާކެޓްކުރާނެއެވެ.

2022 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ދެކުނުއިރުމަތީ އޭޝިއާ މާކެޓުން 18،489 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެމްއެމްޕީއާރުސީން މި މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބާއްވަމުން އަންނައިރު، މީގެތެރޭގައި ސްޓޭކްހޯލްޑަރުންނާއެކު ހިންގާ ޖޮއިންޓް މާކެޓިންގ ކެމްޕޭންތަކާއި، އައުޓްޑޯ އިޝްތިހާރު ކެމްޕޭންތަކާއި، ފެއަރތަކުގައި ބައިވެރިވުމާއި، ވެބިނާތައް ހޯސްޓްކުރުމާއި، އީ-ލާނިންގ ޕްރޮގްރާމްތަކާއި އެހެނިހެން އިވެންޓްތައް ހިމެނެއެވެ.

މިގޮތުން މި އަހަރު މިހާތަނަށް ވަނީ މައިބަމްޕް މީޑިއާއާއެކު ކެބްވަރޓައިޒިން ކެމްޕޭނެއް ހިންގާފައެވެ. އަދި މެލޭޝިއާ އިންޓަނޭޝަނަލް ޑައިވް އެކްސްޕޯ (މައިޑް) 2022، މާޓާ 2022 އަދި ތައިލެންޑް ޑައިވް އެކްސްޕޯ 2022 ގައި ބައިވެރިވުމުގެ އިތުރުން، އިންޑޮނޭޝިއާ މީޑިއާއަށް ފެމިލިރައިޒޭޝަން ދަތުރެއްވެސް ވަނީ ހޯސްޓްކޮށްފައެވެ. މި މާކެޓަށް އެމްއެމްޕީއާރުސީއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި މޯލްޑިވްސް އީ-ލާނިންގ ޕްރޮގްރާމް ފޯ ސައުތުއީސްޓް އޭޝިއާ، ކެމްޕޭން ވިތު ޓްރިޕްޒިލާ، އެޕަލް ވެކޭޝަންސް އަދި ޑެސްޓިންއޭޝިއަން ހިމެނެއެވެ. ކުރިއަށް އޮތް ތަނުގައިވެސް މި މާކެޓަށް އަމާޒުކޮށް މިފަދަ އިތުރު ހަރަކާތްތައް ހިންގުމަށް ވަނީ ރާވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC