
asweqqe
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން 65 ޒުވާނުން ތަމްރީނުކުރަން ޔޫތް މިނިސްޓްރީ އާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫތް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެން އިސްމާއިލްއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު (މޫކޭ)އެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ 3000 ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތައް ގުޅިގެން ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ.
ސަރުކާރުގެ ފަރާތުން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޔޫތް މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެންނެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގައި ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކޮށް ބެލުމުގެ ތެރެއިން މަސައްކަތްތައް ދަސްކޮށްދޭނެ ކަމަށެވެ. ބައިވެރިންނަށް އެކަށީގެންވާ އެލަވަންސެއް އާރްޑީސީގެ ފަރާތުން ދޭނެ އެވެ.
ތަމްރީނު ދޭނެ ދާއިރާތައް
އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސް
ފްރޮންޓް އޮފީސް
ކޮމްޕެނީ އެޑްމިނިސްޓްރޭޝަން
ސައިޓް ސުޕަވިޝަން
އިންވެންޓްރީ މެނޭޖްމަންޓް
އޮޓޮމޭޓިވް މެއިންޓެނަންސް
ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަނިން މެކޭނިކް
ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން
ވެލްޑިން
ކާޕެންޓްރީ
މޭސެންރީ
ޕްލަމްބިން
ހެވީ ވެހިކަލް އޮޕަރޭޝަން
ޕެއިންޓިން
ހަ މަސްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމުގައި ގައުމީ ސަނަދުގެ ސެޓްފިކެޓް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެ އެވެ. ތަމްރީނުތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ޑިވެލޮޕްމަންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑާސް" ތަކާއި އެއްގޮތަށް ކަމަށާއި، ތަމްރީނުދޭ އިންސްޓްޓިއުޓްތަކުގެ ހަރަދުތައް ހަމަޖައްސައިދޭނީ ޔޫތް މިނިސްޓްރީގެ ފަރާތުން ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެ އެވެ.
ގުޅުންހުރި

ހުޅުދުއްފާރާއި މަޑުއްވަރީގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ބޭނުންވާ ސާމާނުތައް އެރަށްތަކަށް ފޮނުވައިފި

ކުޑަހުވަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ!

ވެލިދޫ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށައިފި
