logoEN
Sto top
ފަލަސްތީނުގެ 15 އާއިލާއެއް ގުދުސްގައި ހުންނަ އެމީހުންގެ ގެދޮރުން ނުކުންނަން އިސްރާއީލުން އަންގައިފި

ފަލަސްތީނުގެ 15 އާއިލާއެއް ގުދުސްގައި ހުންނަ އެމީހުންގެ ގެދޮރުން ނުކުންނަން އިސްރާއީލުން އަންގައިފި

އައިޝަތު އިފާޝާ

logo

9/14/2022, 3:00:41 PM

# ޔަހޫދީ އިސްރާއިލް

AA-20220825-28727211-28727196-PALESTINIANS_IN_GAZA_STRUGGLE_WITH_HOT_WEATHER copy

އިސްރާއީލުން ފަލަސްތީނުގެ 15 އާއިލާއެއް އެމީހުންގެ ގެދޮރު ދޫކޮށް ދިއުމަށް އަންގައިފިއެވެ.

Wamco

އަލްބައިދާރު އޯގަނައިޒޭޝަން ފޮރ ދި ޑިފެންސް އޮފް ބެޑޯއިން ރައިޓްސްގެ ސުޕަވައިޒަރު ހަސަން މިލެއިހަތު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ކަބްނެހް ބޭދޯއިން ގަބީލާ ގެ މީހުން ދިރިއުޅޭ ސަރަހައްދަށް ވަދެގަނެ، 15 އާއިލާއަކަށް އިވެކުއޭޝަން ނޯޓިސް ހަވާލުކޮށްފައިވާ ކަމަށެވެ.

މިލެއިހާޓް އިތުރަށް ވިދާޅުވީ، އިސްރާއީލުން ހިފާފައިވާ ގުދުސްގެ އަވަށްތަކުން ބައިރޫތު ދަރިކޮޅުގެ މީހުން ބޭރުކޮށް، ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ، ގުދުސްގައި ޔަހޫދީން ވަޒަންވެރިކުރުވުން ކަމަށެވެ.

މި ސިޔާސަތަކީ ފަލަސްތީނު މީހުންނާ ދެކޮޅަށް ނަސްލީ ގޮތުން ތަފާތުކުރުމުގެ ސިފައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިލެއިހާޓް ވަނީ އިންސާނީ ހައްގުތަކާއި ބައިނަލްއަގްވާމީ މުއައްސަސާތަކުން ފަލަސްތީނުގައި ދިރިއުޅޭ ރައްޔިތުންގެ ދިފާއުގައި މަސައްކަތް ކުރުމަށާއި، ބިންމަތީގައި އެމީހުންގެ ހުރުމަތްތެރިކަން ދެމެހެއްޓުމަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދިނުމަށް ގޮވާލައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC