
PALESTINIAN-ISRAEL-CONFLICT-SETTLEMENTS
އިސްރާއީލުގެ އުދުވާނީ ބާރުތަކުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޤަލްޤިއާ ޕްރޮވިންސްގެ ކަފްރު ޤަދްމް ނަމަކަށް ކިޔާ ވިލެޖާއި، ނާބުލުސް ޕްރޮވިންސްގެ ބެއިތާ އަދި ބެއިތު ދަޖާން ކިޔާ ވިލެޖުތަކުގައި އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް އަޑުއުފުލަމުންދާ މީހުންނަށް ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ 6 މީހަކު ޒަޚަމްކޮށްލައިިފިއެވެ.

ކަފްރު ޤަދްމް އަވަށުގައި ދިރިއުޅޭ އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅު އެކްޓިވިސްޓެއް ކަމަށްވާ މޮރާދް ޝްޓޭވީ ފަލަސްތީނުގެ ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، އިސްރާއީލު ސިފައިން މުޒާހަރާކުރަމުންދިޔަ މީހުންނަށް ރަބަރު ވަޒަނާއި ކަރުނަ ގޭސް ކެނިސްޓަރ ބޭނުންކޮށްގެން ހަމަލާދިނުމުގެ ސަބަބުން 4 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.
ޝްޓޭވީ ވިދާޅުވީ މި މުޒާހަރާތަކަކީ އިސްރާއީލުގެ ޖަލުތަކުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފަލަސްތީނުގެ ގައިދީ އެއް ކަމަށްވާ ނާސިރު އަބޫ ހުމައިދު އާއި ކެންސަރު ބަލީގެ ޕޭޝަންޓެއް ކަމަށްވާ ގައިދީ ނާސިރު އަބޫ ހުމައިދުގެ ސިއްހީ ފަރުވާގެ ކަންތައް ހަމަޖައްސައިދިނުމަށް އިސްރާއީލުން ދެކޮޅު ހެދުމާއި ގުޅިގެން ހިންގަމުންދާ މުޒާހަރާތަކެއް ކަމަށެވެ.
އޭގެ އިތުރުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ނާބުލުސް ޕްރޮވިންސްގެ ބެއިތު ދަޖާން ނަމަކަށް ކިޔާ އަވަށެއްގައި އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ކޮންމެ ހަފްތާއަކު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިއަދު ބޭއްވި މުޒާހަރާގެ ބައިވެރިނަށް އަމާޒުކޮށް. އިސްރާއީލުގެ ސިފައިން ވަނީ ބަޑިޖަހައި ފަލަސްތީނުގެ އާންމުންގެ ދެމީހަކު ޒަޚަމްކޮށްލާފައެވެ.
ކަފްރު ޤަދްމް އާއި އަވަށްޓެރި ވިލެޖްތަކުގެ ވިލެޖުތަކުގެ މީހުން، ޤަވާއިދާ ޚިލާފަށް އިޒްރޭލުން އެސަރަހައްދުތަކުގައި ވަޒަންވެރިކުރުވުމާއި ދެކޮޅަށް ކޮންމެ ހުކުރު ދުވަހަކު މުޒާހަރާކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ.
ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންގެ 600،000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް ކަމަށް ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފައެވެ.
ގުޅުންހުރި
ބައިނަލްއަޤްވާމީ ޢަދުލު އިންޞާފުގެ ނިޒާމުތައް ހަރުދަނާ ކުރުމަށް ރާއްޖެއިން އަބަދުވެސް އިސްކަންދޭ: ޚަލީލް
.webp&w=3840&q=75)
ފަލަސްޠީނުގެ ޙައްޤުތައް ހޯދައި ދިނުމާބެހޭ މަތީފަންތީގެ ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވެއްޖެ

ޔަހޫދީންގެ ބަޑީގެ ހަމަލާއެއްގައި ފަަލަސްތީނުގެ 14 އަހަރުގެ ކުއްޖަކު ޝަހީދުވެއްޖެ





