logoEN
WAMCO TOP 1
ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއަށް

ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއަށް

އަލްފާ އަލީ

logo

9/14/2022, 3:14:20 PM

# އެމްޓީސީސީ# ހދ. ކުރިނބި

capture-61

ހދ. ކުރިނބި ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

THE TRAVELLER AD

އެރަށު ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީގް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމް އެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރުގެ 4389 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި ބަނދަރަށް އިތުރުކުރާ ބައި ފުން ކުރުމާއި ބަނދަރަށް ވަންނަ ނެރު ފުން ކުރުމުގެ މަސައްކަތުގެ އިތުރުން 295 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި 70 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 314 މީޓަރުގެ ސަރަހައްދެއްގައި ސްކޯރިން އެޕްރޮން ޖެހުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން 10 މޫރިން ބޮއި ހަރުކުރުމާއި ރޭމްޕް ހެދުމާއި 16 މަގު ބައްތި ހަރުކުރުމުގެ އިތުރުން 1556.61 އަކަމީޓަރުގެ ޕޭވްމަންޓު ހެދުންވެސް މަޝްރޫއުގައި ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 42،993،934.96 ރުފިޔާ އެވެ. މަސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

ކޮމެންޓް
ފަހުގެ
HDC