logoEN
Sto top
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ޒަމްޢަތު ޢައްޔަންކުރައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ޒަމްޢަތު ޢައްޔަންކުރައްވައިފި

އަހުމަދު ޝުރާއު

logo

6/18/2025, 6:48:08 PM

# ބްރޯޑްކާސްޓިންގ ކޮމިޝަން

-

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން" ގެ މެންބަރުކަމަށް ގދ. ތިނަދޫ، މަލަ އަލްފާޟިލާ ޒަމްޢަތު އަޙްމަދު ވަޙީދު މިއަދު ޢައްޔަންކުރައްވައިފިއެވެ.

Wamco

ޒަމްޢަތު އަޙްމަދު ވަޙީދު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.

ޒަމްޢަތު އަޙްމަދު ވަޙީދު ވަނީ 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން މާސްޓަރ އޮފް އާޓްސް އިން ޖަރނަލިޒަމް ޙާޞިލްކުރައްވާފައެވެ. ޒަމްޢަތު އަޙްމަދު ވަޙީދު މީޑިޔާ އާއި މީޑިޔާ ހިންގުމުގައި 2006 ވަނަ އަހަރުން ފެށިގެން ޢަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައިވެއެވެ.

އެގޮތުން ކުރިން ދިވެހި ރާއްޖޭގެ އަޑުގައިއާއި ވީޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަަސައްކަތްކުރެއްވި ޒަމްއަތަކީ މިހާރު އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމުގެ މަގާމު ފުރުއްވަމުންދާ ބޭފުޅެކެވެ.

ބްރޯޑްކޮމްއަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. ދާދި ފަހުންވެސް ވަނީ ބްރޯޑްކޮމްއަށް ތިން މެންބަރުން އައްޔަން ކޮށްފައެވެ. އެގޮތުން މޫސާ ރިލްވާން، އާމިނަތު ސަރާހަތު އިއްޒަތާއި މުހައްމަދު އަބްދުﷲ (މުހަންމާ) ވަނީ މެންބަރު ކަމަށް އައްޔަންކޮށްފައެވެ. އެގޮތުން އާމިނަތު ސަރާހަތު އިއްޒަތު އައްޔަނުކުރީ އެކޮމިޝަންގެ ރައީސްގެ މަގާމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside