
--
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް މަޝްހޫރު ޕްރެސެންޓަރު ޒަމްއަތު އަހުމަދު ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޒަމްއަތު ބްރޯޑްކޮމް މެންބަރުކަމަށް އައްޔަން ކުރަން ފެންނަ ކަމަށް 54 މެންބަރަކު ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވައެވެ.
ކުރިން ދިވެހި ރާއްޖޭގެ އަޑުގައިއާއި ވީޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަަސައްކަތްކުރެއްވި ޒަމްއަތަކީ މިހާރު އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމުގެ މަގާމު ފުރުއްވަމުންދާ ބޭފުޅެކެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާ (އަނާ) ގެ ދައުރު މިއަދު ހަމަވެފައިވާއިރު، ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވައިލުމުން ހަ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ހަ ބޭފުޅުންނާ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިންޓަވިއުކޮށް އެ ކޮމިޓީން ވަނީ މާކްސް ދީފަ އެވެ. އޭގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ ތިން ބޭފުޅަކަށެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައިން މާކްސް ލިބުނީ މިއަދު ބްރޯޑްކޮމްއަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދިން ޒަމްއަތުއަށެވެ.
ބްރޯޑްކޮމްއަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. ދާދި ފަހުންވެސް ވަނީ ބްރޯޑްކޮމްއަށް ތިން މެންބަރުން އައްޔަން ކޮށްފައެވެ. އެގޮތުން މޫސާ ރިލްވާން، އާމިނަތު ސަރާހަތު އިއްޒަތާއި މުހައްމަދު އަބްދުﷲ (މުހަންމާ) ވަނީ މެންބަރު ކަމަށް އައްޔަންކޮށްފައެވެ. އެގޮތުން އާމިނަތު ސަރާހަތު އިއްޒަތު އައްޔަނުކުރީ އެކޮމިޝަންގެ ރައީސްގެ މަގާމަށެވެ.
ގުޅުންހުރި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ޒަމްޢަތު ޢައްޔަންކުރައްވައިފި

ބްރޯޑްކޮމްއަށް ޒަމްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުންދީފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
