logoEN
cocacola
މަޑަވެއްޔާ ހޯނޑެއްދޫއާއި ދެމެދު މި ސަރުކާރުން އަޅާ ޒަމާނީ ކޯޒްވޭގެ އަމަލީ މަސައްކަތް މިއަދު ފަށަނީ

މަޑަވެއްޔާ ހޯނޑެއްދޫއާއި ދެމެދު މި ސަރުކާރުން އަޅާ ޒަމާނީ ކޯޒްވޭގެ އަމަލީ މަސައްކަތް މިއަދު ފަށަނީ

އަހުމަދު ޝުރާއު

logo

9/13/2022, 9:02:44 AM

# މަޑަވެލި - ހޯނޑެއްދޫ ކޯޒްވޭ

b_uJdNsqrKdAeblq4Bxq0uiSSyn

މަޑަވެއްލި - ހޯނޑެއްދޫ ކޯސްވޭ ޒަމާނީ އަދި ތިމާވެއްޓާއި ގުޅޭގޮތަށް ތަރައްޤީކުރުމުގެ މަޝްރޫއު ރަސްމީކޮށް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ގޮސިޔާ

އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީގެ އުޅަނދުތަށް މިހާރު ވަނީ ހޯނޑެއްދޫއަށް ގެނެސްފައެވެ. މި މަޝްރޫއު ރަސްމީކޮށް ފެށުމަށް ބާއްވާ ރަސްމިއްޔާތެއް މިއަދު ހަވީރު ހޯނޑެއްދޫގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ރަސްމިއްޔާތުގައި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި އެވެ.

މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ އެޅުމަށް އެމްޓީސީސީ އާ ހަވާލުކުރީ 84.2 މިލިއަން ރުފިޔާއަށެވެ. އެ އެއްބަސްވުމުގެ ދަށުން 223 މީޓަރުގެ ބްރިޖަކުން މަޑަވެއްޔާއި ހާދޫ ގުޅާލުމަށް ހަމަޖެހިފައިވެއެވެ. އަދި 160 މީޓަރުގެ ބްރިޖަކުން ހާދޫއާއި ހޯނޑެއްދޫ ގުޅާލުމުގެ އިތުރުން 262 މީޓަރުގެ މަގު ހެދުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން 65 މީޓަރުގެ 4 ރިވެޓްމަންޓް (ޖުމްލަ 260 މީޓަރު) ޖެހުމަށްވެސް ވަނީ ނިންމާފައެވެ.

އެ މަޝްރޫއުގެ މަގްސަދަކީ މިހާރު ހަދާފައިވާ ކޯޒްވޭގެ ކަލްވާޓްތައް ބެދި އޮއިވަރު ބްލޮކް ވުމުގެ ސަބަބުން ދެ ރަށަށަ ދިމަވެފައިވާ ރަށްގިރުމާއި އުދަ އެރުމުގެ މައްސަލަ ހައްލު ކުރުމެވެ. އަދި އެމްޓީސީސީއާ ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން އެ ދެ ރަށުގެ ދެމެދުގައި އަޅާ ބްރިޖްތައް ޑިޒައިންކުރުމަށް ހަމަޖެހިފައިވަނީ ކޮލަމްތަކަށް ސަޕޯޓްކޮށް ބްރިޖްގެ ދަށުން އޮއި ދެމޭ ގޮތަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ