
Raees Yameen
ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގެ ޙުކުމް އިއްވުމަށް މިއަދު ބާއްވާ ޝަރީއަތުގެ އަޑުއެހުން ލައިވް ކުރާނެކަމަށް ހައިކޯޓުން ބުނެފިއެވެ.

އިސްތިއުނާފުގެ ޙުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ އަޑުއެހުން އޮންނާނީ މިއަދު 14:15 ގައެވެ.
ކުރީގެ ރައީސް ޔާމީން ޖަލަށްލުމަށް ކްރިމިނަލްކޯޓުން ކުރި ޙުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުގައި ނިންމާލައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. މިހުކުމް ކުރުމަށް ފުރަތަމަ ތާވަލު ކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހަށެވެ. ނަމަވެސް ހައިކޯޓުން ވަނީ ހުކުމް އިއްވުން މިއަދަށް ލަސްކޮށްފައެވެ.
މަނީ ލޯންޑަރިންގެ ކުށުގައި ރައީސް ޔަމީން ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި މި މައްސަލާގައި 5 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށް އެ ފައިސާވެސް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.
ގުޅުންހުރި

ކޮރަޕްޝަނާއި މަނީ ލޯންޑްރިންގ އިންވެސްޓިގޭޝަން ސްކިލްސް ޕްރޮގްރާމް ނިންމާލައިފި

މަނީ ލޯންޑްރިންގެ މައްސަލައެއްގައި ބޭންކަކުން 431 ކިލޯގެ ރަނާއި ރިހި އަތުލައިގެންފި

ޔާމީންގެ ޝަރީއަތުގެ އަޑުއެހުން މިއަދު ކެންސަލްވީ ކޯޓު ރޫމްގެ ސީލިންގުން ފެން ފައިބާތީ
