
ޔާމީންގެ ޝަރީއަތުގެ އަޑުއެހުން މިއަދު ކެންސަލްވީ ކޯޓު ރޫމްގެ ސީލިންގުން ފެން ފައިބާތީ
# އަބްދުﷲ ޔާމީން# އެމްއެމްޕީއާރްސީyaameen
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޓަރިން ހިންގި ކަމުގެ ތުހުމަތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް މިއަދުވެސ ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ، ޝަރީއަތުގެ މާލަމަށް ފެނުގެ އަސަރުކޮށްފައިވާތީ އާއި، މާލަމުގެ އެކި ހިސާބުތަކުން މިހާރުވެސް ފެން ފައިބަމުންދާތީ މިއަދުގެ އަޑުއެހުން ކުރިއަށް ގެންދެވެން ނެތުމުން އަޑުއެހުން ކެންސަލް ކުރެވިފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޝަރީއަތް ނުބޭއްވުނީ ޝަރީއަތްކުރާ ކޮޓަރީގެ ސީލިންގުން ފެން ފައިބާތީ އެވެ. މި މައްސަލައިގެ އިތުރު އަޑުއެހުންތައް ކުރިއަށް އޮތް ދެ ދުވަހަށް މިހާރު ވަނީ ތާވަލްކޮށްފަ އެވެ.
އެންމެ ފަހުން މިދިޔަ މަހުގެ 30 ގައި ބާއްވަން ހަމަޖެއްސި އަޑުއެހުން ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އެ ދުވަހު ޝަރީއަތް ކެންސަލްކުރީ މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ޝަކީލް ޗުއްޓީއެއް ނެންގެވުމާ ގުޅިގެންނެވެ.
ކެންސަލްވި ދެ އަޑުއެހުމަކީ ވެސް ދައުލަތުން ހުށަހަޅާ ހެކިން ކަމަށްވާ، އެމްއެމްޕީއާރްސީ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމުގެ އަޑުއެހުންތަކެވެ.
ގުޅުންހުރި

ފަތުރުވެރިކަން ޕްރޮމޯޓުކުރާ ކެމްޕޭނެއް ހިންގުމަށް ބީއެމްއެލް އާއި އެމްއެމްޕީއާރްސީއާއި ދެމެދު އެއްބަސްވުމެއް!

އިންޑިއާގެ މަޝްހޫރު ކްރިކެޓު ޓީމް މުމްބާއީ އިންޑިއަންސްގެ ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ!

އެމްއެމްޕީއާރުސީގެ މިއަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުން އުކުޅަހުގައި!
