logoEN
Sto top
ބިދޭސީންނަށް މިނިމަމްވޭޖް ނުހިނގާނަމަ ވަޒީފާ ނުލިބޭ ދިވެހިން ގިނަވާނެ - ޓްރާންސްޕޭރެންސީ

ބިދޭސީންނަށް މިނިމަމްވޭޖް ނުހިނގާނަމަ ވަޒީފާ ނުލިބޭ ދިވެހިން ގިނަވާނެ - ޓްރާންސްޕޭރެންސީ

އަލްފާ އަލީ

logo

9/11/2022, 2:30:33 PM

# ޓްރާންސްޕޭރެންސީ މޯލްޑިވްސް# ޓީއެމް# މޯލްޑިވްސް ޓްރޭޑް ޔުނިއަން

big_GloSnCCsDaBUv41sCiE9fjCPL

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ކަނޑަނޭޅޭ ނަމަ ވަޒީފާ ނުލިބޭ ދިވެހިން ގިނަވާނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި މޯލްޑިވްސް ޓްރޭޑް ޔުނިއަން އިން ހާމަކޮށްފި އެވެ.

Wamco

މޯލްޑިވްސް ޓްރޭޑް ޔުނިއަން އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދައުލަތުން ވަޒީފާ އާ ބެހޭ ގާނޫނަށް (ބިދޭސީންނަށް މިނިމަމްވޭޖް ދިނުން ފަސްކުރުމަށް) ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ދައުލަތުގެ ބައިނައަގުވާމީ މުއާހަދާތަކާއި ހިލާފުވެ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ގާއިމްކުރުމަށް ކުރާ މަސައްކަތްތަކުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

އެބަޔާނުގައި ބުނެފައިވަނީ، މި އިސްލާހުގެ ސަބަބުން ރާއްޖެއިން 2013ވަނަ އަހަރު ގާއިމްކޮށްފައިވާ "އައިއެލްއޯ" (އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން) ގެ "އީކުއަލް ރެމިއުނެރޭޝަން ކޮންވެންޝަން" އާ ހިލާފުވާނެ ކަމެއް ކަމަށެވެ. މިއެއްބަސްވުމުގެ ދަށުން އެއް މަސައްކަތެއް ކުރާ މަސައްކަތްތެރިންނަށް ހަމަހަމަގޮތެއްގައި މުސާރަދޭން ޖެހެއެވެ. އަދި ރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން މަސައްކަތްތެރީންގެ މެދުގައި ހަމަހަމަކަން ގާއިމްކުރަންޖެހެއެވެ. ސަރުކާރުން މިހާރު ހުށަހަޅަން އުޅޭ އިސްލާހު މި އެއްބަސްވުމާއި ގާނޫނާއި ހިލާފުވާނެ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އެންމެ ކުޑަ އުޖޫރައިގެ ގާނޫނު ނުހިގާނަމަ ވަޒީފާގެ ބާޒާރުގައި ކުޑަ އުޖޫރައެއް ދީގެން ބިދޭސީ މަަސައްކަތްތެރިން ލައްވާ މަަސައްކަތްކުރާ ބިދޭސީން ލައްވާ މަސައްކުރުވާ ނާޖާއިޒު ފައިދާނެގުމަށް އިތުރަށް މަގުފައިކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މީގެ ސަބަބުން ދިވެހި މަސައްކަތްތެރިންނަށް ވަޒީފާ މިހާރުވެސް ދަތިވެފައިވާކަމުގެ ޝަކުވާ އިތުރުވެ، ވަޒީފާ ދޭ ފަރާތްތަށް ދިވެހި މަސައްކަތްތެރިޔަކަށް މަސައްކަތް ދިނުމުން އިތުރު ތަކުލީފަކަށްވެ ހަރަދުބޮޑުވާގޮތަށް ގާނޫނަށް އިސްލާހުގެނެވޭ އިސްލާގަކީ ދިވެހި މަސައްކަތްތެރިންގެ އަގު ވަޒަން ނުކުރާކަމަށް ފެންނަ ދަލީލެކެވެ. އަދި މިކަމުގެ ސަބަބުން ވަޒީފާ ނުލިބޭ ޒުވާނުން އިންތިހާއަށް ގިނަވާނެކަން ޔަގީންކުރެވޭ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ބިދޭސީ އަދި ދޭސީ މަސައްކަތްތެރިންގެ މެދުގައި އޮތް ފަރަގުތައް ނައްތާލާ، ދައުލަތުން ސޮއިކޮށްފައިވާ މުއާހަދާތަކާއި ރާއްޖޭގެ ގާނޫނުތަކަށް ބޯލަނބާ، ހަމަހަމަކަމަށް މަސައްކަތްކުރާ، އިންސާފުގެ މަގުން ހިނގާ ދައުލަތެއް ބިނާކުރުމަށް، މިހާރު ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދިޔުމަށް އެ ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC