
image_9661b62110
ދުނިޔޭގެ ފެންވަރުގައި ހިންގާ އޮޕަރޭޝަންތަކަށް އެހީތެރިވުމަށާއި، ކުރިއަށް އޮތް މަސްތަކުގައި ކަސްޓަމަރ އެކްސްޕީރިއަންސް އިތުރުކުރުމަށް މަސައްކަތްކުރުމަށް ޤަތަރު އެއަރވޭސް ގްރޫޕު ސްރީލަންކާގެ ގިނަ ޢަދަދެއްގެ އައު މުވައްޒަފުން އެ އެއަރލައިނަށް ރެކްރޫޓްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

15 ސެޕްޓެންބަރު 2022 އިން ފެށިގެން ގަތަރު އެއާވޭސްގެ އެކި ޑިވިޜަންތަކަށް ބަހާލައިގެން އެކި މަޤާމްތަކަށް ސްރީލަންކާގެ ރައްޔިތުންގެ އެޕްލިކޭޝަންތައް ބަލައިގަންނަން ފަށާނެ ކަން އެކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ބުނެފައިއެވެ.
އެ ކުންފުނިން ވޯކްފޯސް އާއި ފިއުލް އެކްސްޕެންޝަން އަލުން އާރާސްތު ކުރަން މަސައްކަތް ކުރަމުންދާއިރު، ސްރީލަންކަން ރެކްރޫޓްމަންޓް ޑްރައިވް އަކީ އެ ޖަމާއަތުގެ ގްލޯބަލް ރެކްރޫޓްމަންޓް ޑްރައިވްގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު މަސައްކަތެވެ.
އެ އާވޭސްއިން އަމާޒު ހިފާފައި ވަނީ ގަތަރު އެއާވޭސް، ގަތަރު ޑިއުޓީ ފްރީ، ގަތަރު އޭވިއޭޝަން ސާވިސަސް، ގަތަރު އެއާވޭސް ކޭޓަރިން ކޮމްޕެނީ، ގަތަރު ޑިސްޓްރިބިއުޝަން ކޮމްޕެނީ އިން ދިއާފާޓީނާ ހޮޓެލްސް އަށް އެކި ޑިވިޝަންތަކަށް މުވައްޒަފުން ނެގުމަށެވެ. ކަސްޓަމަރ އެކްސްޕީރިއަންސް ޓީމް ކުރިއެރުވުމަށް ބޮޑު ފޯކަސްއެއް ދީގެން، ކަލިނަރީ، ކޯޕަރޭޓް އެންޑް ކޮމާޝަލް، މެނޭޖްމަންޓް، ކާގޯ، ކަސްޓަމަރ ސަރވިސް، އިންޖިނިއަރިންގ، ފްލައިޓް އޮޕަރޭޝަންސް، ގްރައުންޑް ސަރވިސަސް، ސޭފްޓީ، ޑިޖިޓަލް، ފްރަންޓް އޮފް ހައުސް، އެޑްމިނިސްޓްރޭޝަން، ސޭލްސް އެންޑް ފައިނޭންސް ފަދަ ތަފާތު ރޯލުތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމަށް އެ ގްރޫޕުން ވަނީ ރާވާފައެވެ.
ގަތަރު އެއާވޭސްގެ ރެކްރޫޓްމަންޓް ޑްރައިވް 15 އަދި 16 ސެޕްޓެންބަރު 2022 ގައި ކޮލަމްބޯގައި ބާއްވާނެ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ގަތަރު އެއާވޭސްގެ ކެރިއަރ ޕޭޖް މެދުވެރިކޮށް އޮންލައިންކޮށް ރޯލްތަކަށް އެދި ހުށަހެޅުމަށް ވަނީ އެދިފައެވެ. މި މަޤާމްތަކަސް ހޮވާލެވޭ ކެންޑިޑޭޓުންނަށް ވެސް އެކޮމޮޑޭޝަން އަދި އެލަވަންސްތައް ހިމެނޭ ގޮތަށް ވާދަވެރި ޓެކްސް ފްރީ އާމްދަނީއެއް ވެސް ލިބިގެންދާނެ އެވެ.





