logoEN
WAMCO TOP 1
ގަތަރު އެއާވޭސްގެ ފްލައިޓެއް ކޮޅިގަނޑެއްގައި ޖެހި 12 މީހަކަށް އަނިޔާވެއްޖެ

ގަތަރު އެއާވޭސްގެ ފްލައިޓެއް ކޮޅިގަނޑެއްގައި ޖެހި 12 މީހަކަށް އަނިޔާވެއްޖެ

އަހުމަދު ޝުރާއު

logo

5/26/2024, 3:06:18 PM

# ގަތަރު އެއާވޭސް

ގަތަރު އެއާލައިންސްގެ ފްލައިޓު ޑަމްބްލިން އެއާޕޯޓުގައި

ޑަބްލިންއަށް ދަތުރުކުރަމުންދިޔަ ގަތަރު އެއާވޭސް ފްލައިޓެ ކޮޅިގަނޑެއްގައި ޖެހި 12 މީހަކަށް އަނިޔާވެއްޖެއެވެ.

THE TRAVELLER AD

ރިޕޯޓްތައް ބުނާގޮތުގައި ގަތަރު އެއާވޭސްގެ ފްލައިޓު ތުރުކީގެ ވައިގެ ސަރަހައްދުން ދަތުރުކުރަމުން ދަނިކޮށް ކޮޅިގަނޑުގައި ޖެހި އައި ލޮޅުންތަކުގައި ހަ ފަސިންޖަރުންނާއި ހަ ފަޅުވިންނަށް ވަނީ އަނިޔާވެފައި އެވެ.

ޑަބްލިން އެއާޕޯޓު ހިންގާ ޑާގެ މީޑިއާ ރިލޭޝަންސް މެނޭޖަރު ގްރޭމް މެކްކުއީން ސްކައި ނިއުސްއަށް ވިދާޅުވީ ދޯހާއިން ފުރައިގެން އައި ގަތަރު އެއާވޭސްގެ ފްލައިޓް ކިއުއާރް017 އާދީއްތަ ދުވަހުގެ މެންދުރު 1:00 ގެ ކުޑައިރުކޮޅެއް ކުރިން ޝެޑިއުލްކުރި ގޮތަށް ރައްކާތެރިކަމާއެކު ޑަބްލިން އެއާޕޯޓަށް ޖައްސާފައިވާ ކަމަށެވެ. އަދި ބޯޓުގައި އަނިޔާވި މީހުންނަށް އެއާޕޯޓުގެ ހުރިހާ ރިސޯސްތަކެއް ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދެމުންދާކަންވެސް އޭނާ ވިދާޅުވިއެވެ.

މިހާދިސާއާއި ގުޅިގެން ގަތަރު އެއާވޭސްއިން ބުނީ މިހާދިސާގައި އަނިޔާވި ފަރާތްތަކަށް ލިބިފައިވާ ކުދި އަނިޔާތަކެއް ކަމަށާއި އެއާލައިންގެ އެންމެ މުހިންމު ރައުސޫމާލަކީ ފަސެންޖަރުންނާއި ފަޅުވެރިން ކަމުން ވަރަށް ގާތުން އަނިޔާވި މީހުންގެ ހާލު ބަލަމުންދާ ކަމަށެވެ.

މި ހާދިސާއާއި ގުޅޭ ތަހުގީގެއް މިހާރު ގަތަރު އެއާވޭސްއިން ވަނީ ފަށާފައި އެވެ.

މި ހަފުތާގެ ކުރީކޮޅު ހިނގި މިފަދަ އެހެން ހާދިސާއެއްގައި ސިންގަޕޫރު އެއާލައިންސްގެ ފްލައިޓެއްގައި ހީތްރޯ-ސިންގަޕޫރު ދަތުރެއްގައި އިނގިރޭސި ވިލާތުގެ ފިރިހެނަކު ވަނީ މަރުވެފަ އެވެ. އަދި ގިނަ ބަޔަކު ޒަހަމްވެ އަދިވެސް ބައެއް ފަރާތްތަކަށް ދަނީ ފަރުވާދެމުންނެވެ. އެހާދިސާއާއި ގުޅިގެން ސިނަގްޕޫރަށް ޖައްސަން ދިޔަ ފްލައިޓު އެމެޖެންސީ ހާލަތުގައި ވަނީ ބެންގްކޮކަށް ޖައްސާފައި އެވެ.

ކޮމެންޓް
ފަހުގެ
HDC