
ޤަތަރު އެއާވޭސްގެ ފްލައިޓެއް
މެދުއިރުމަތީގައި ހަމަނުޖެހުމާ ގުޅިގެން އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެން މެދުކަނޑާލި ޤަތަރު އެއާވޭސްއިން އަލުން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިއަދު ފެށި މި ދަތުރުތައް ކޮންމެ ހަފްތާއަކު ހުރިހާ ދުވަހަކުވެސް ދަތުރުތައް ކުރާނެ ކަމަށެވެ. އަދި ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުތައް ކުރުމަށް ޓިކެޓް ނަގާފައިވާ ހުރިހާ ފަސިންޖަރުންގެ ތެރެއިން ދުވަސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަސޭހަކަމާއެކު ލިބޭނެ ކަމަށެވެ.
ޤަތަރު އެއާވޭސް އިން ރާއްޖެއަށް ދަތުރުތައް ފެށުމާއެކު، މެދުއިރުމައްޗާއި ޔޫރަޕް އަދި އެމެރިކާ ފަދަ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކަށް ކަނެކްޓިވިޓީ އިތުރަށް ފުޅާވެގެންދާނެކަމަށް ޤަޠަރު އެއާވޭސް އިން ގަބޫލުކުރެ އެވެ. އަދި މިއީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ގެންނަ އެއް އެއާލައިން އެވެ.
ގުޅުންހުރި

އަޟްޙާ އީދު ހަވީރު 1447 ގައި މިފަހަރުވެސް އެމްއޭސީއެލްގެ ޚާއްސަ ހަރަކާތްތަކެއް!

ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގެ ވީއައިއޭގެ ދައުރު ވަރުގަދަކުރަން މަސައްކަތް އެބަކުރެވޭ - ޝަރީފް

ދިވެހި ހައްޖާޖީންނަށް ވީއައިއޭއިން މިއަހަރުވެސް ޚާއްސަ އިންތިޒާމުތަކެއް!




