logoEN
cocacola
ރާނީގެ ޖަނާޒާގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ބައިވެރިވަޑައިގަންނަވާނެ

ރާނީގެ ޖަނާޒާގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ބައިވެރިވަޑައިގަންނަވާނެ

އަލްފާ އަލީ

logo

9/11/2022, 9:12:09 AM

# އެމެރިކާ# ދުނިޔެ# އިނގިރޭސިވިލާތް

joe biden

އިނގިރޭސި ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ބައިޑަން މިކަން ހާމަކޮށްފައިވަނީ ރިޕޯޓަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

"އެމެރިކާގެ ނަމުގައި، އަޅުގަނޑުމެންގެ އިނގިރޭސި ރަޙްމަތްތެރިންނަށާއި، އިނގިރޭސި ސަރުކާރަށާއި، ޝާހީ ޢާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަން." ބައިޑަން ވިދާޅުވިއެވެ.

އުމުރުފުޅުން 96 އަހަރުގައި ރާނީ އަވަހަރާވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ރާނީ އެލިޒަބަތު ރަސްކަމުގެ ތަޚުތާ ހަވާލުވެ ވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު އަދި ކިންގް ޖޯޖް 1952 ވަނަ އަހަރު އަވަހާރަވުމުންނެވެ. ރާނީ އެލިޒަބަތަކީ ދުނިޔޭގައި އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފް އޮތް ބޭފުޅާ އެވެ.

ރާނީ އެލިޒަބަތު އަވަހާރަވުމުން ރަސްކަމުގެ ތަޚުތާ އެކަމަނާގެ ދަރިކަލުން ޗާލްސް 3ވަނަ ވަނީ އިއްޔެ ރަސްމީކޮށް ހަވާލުވެވަޑައިގެންފަ އެވެ.

ރާނީގެ ޖަނާޒާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިމަހުގެ 19ވަނަ ދުވަހުގައެވެ. ޖޯ ބައިޑަންގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ ވެރިންވެސް ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ