logoEN
cocacola
ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ - އެމްޓީސީސީ

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ - އެމްޓީސީސީ

އައިޝަތު އިފާޝާ

logo

9/8/2022, 1:50:33 PM

# އެމްޓީސީސީ# ބ. ދަރަވަންދޫ

viber_image_2022-09-08_11-58-20-380

ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ގޮސިޔާ

އެމްޓީސީސީން މިއަދު ބުނީ، ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 65 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

އޭގެ އިތުރުން ބޭރުތޮށި ލުމުގެ މަސައްކަތުގެ 66 ޕަސެންޓާއި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 34 ޕަސެންޓް މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށް އެކުންފުނިން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 10،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 490 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 96 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 22.14 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ