logoEN
cocacola
މަންކީޕޮކްސް ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް މިސްރުން ފެނިއްޖެ

މަންކީޕޮކްސް ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް މިސްރުން ފެނިއްޖެ

އައިޝަތު އިފާޝާ

logo

9/8/2022, 12:42:00 PM

# ދުނިޔެ# މަކުނު ވިދުރި# މަންކީޕޮކްސް

1242547804

މިސްރުން ފުރަތަމަ ފަހަރަށް މަންކީޕޮކްސް ވައިރަސް ޖެހިފައިވާ މީހަކު ރެކޯޑް ކުރެވިފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުދަ ދުވަހު ބުނެފި އެވެ.

ގޮސިޔާ

މިސްރުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެގައުމުން މަންކީޕޮކްސް ޖެހިފައިވާ މީހަކު ފެނިފައިވާ ކަމަށާއި، އޭނާއަކީ އުމުރުން 42 އަހަރުގެ ޔޫރަޕްގެ ގައުމެއްގެ ރެޒިޑެންސް ޕާމިޓް އޮންނަ މީހެއް ކަމަށެވެ. އެބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި އެގައުމަކީ އެމީހާ ގަވާއިދުން ދަތުރުކުރާ ގައުމެއް ކަމަށެވެ.

އެމީހާ މިހާރު ވަނީ ހޮސްޕިޓަލުގައި އެކަހެރިކޮށްފައި ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. ހުޅަނގު އަދި މެދުތެރޭ އެފްރިކާގައި މެއި މަހުން ފެށިގެން މަންކީޕޮކްސްގެ ކޭސްތައް ދަނީ އިތުރުވަމުންނެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިން ވަނީ މަންކީޕޮކްގެ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ މި ބަލީގައި މިހާތަނަށް 50،000 އަށް ވުރެ ގިނަ ކޭސް ވަނީ ރެކޯޑު ކުރެވިފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މެއި މަހުން ފެށިގެން މިހާތަނަށް 18 މީހަކު ވަނީ މިބަލީގައި މަރުވެފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ