logoEN
cocacola
ސައުދީ އަރަބިއްޔާގައި އޮތް ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ބައިވެރިން މިހަފްތާގައި ފުރަނީ

ސައުދީ އަރަބިއްޔާގައި އޮތް ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ބައިވެރިން މިހަފްތާގައި ފުރަނީ

އައިޝަތު އިފާޝާ

logo

9/7/2022, 2:15:38 PM

# ސައުދީ އަރަބިއްޔާ# ޤުރުއާން މުބާރާތް# އިސްލާމިކް މިނިސްޓްރީ

1E125A7B-753C-4A20-ADB7-326142B933BD

ކިންގ ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤްރުއާންގައި ރާއްޖެ ތަމްސީލުކުރާ ދެ ބައިވެރިން މިމަހުގެ 9 ވަނަ ދުވަހު ސަޢުދީ ޢަރަބިއްޔާއަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މިފަހަރު ރާއްޖެ ތަމްސީލުކުރަނީ އަޙްމަދު ނަބީޙް ޢަބްދުލް ޤާދިރުއާއި މުޙައްމަދު ޔޫޝަޢު ބިން ޒަމްޒަމްއެވެ. މި ބައިވެރިންނާއިއެކު ބައިވެރިންގެ ބެލެނިވެރިންވެސް ސަޢުދީޢަރަބިއްޔާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ސަޢުދީ ޢަރަބިއްޔާގެ މައްކާގައި ސެޕްޓެންބަރު މަހުގެ 10 އަކުން 21 އަށް ބާއްވަން ހަމަޖެހިފައިވާ ”42 ވަނަ، ކިންގ ޢަބްދުލް ޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤްރުއާން” މުބާރާތުގެ ބައިވެރިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގެ ރޭގަނޑުކަމަށެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ މިއަދު މި ބައިވެރިންނާއި، ބައިވެރިންގެ ބެލެނިވެރިންނާއި ބައްދަލުކުރައްވާ މަރުޙަބާ ވިދާޅުވެފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުމުން 6 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.

މިމުބާރާތަށް ބައިވެރިން ހޮވާފައިވަނީ ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރިއަސްގެންދިޔަ އޮޑިޝަންއަކުންނެވެ. މި އޮޑިޝަން ކުރިއަށް ގެންގޮސްފައިވަނީ ބެލެނިވެރިންގެ ހާޒިރުގައި ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މުބާރާތް ނިންމައި ބައިވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 23 ސެޕްޓެންބަރު 2022 ގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ