logoEN
cocacola
ހުޅުވުމުގެ ރަސްމިއްޔާތުގައި ބްރިޖު ބިމާ ހަމަވެއްޖެ

ހުޅުވުމުގެ ރަސްމިއްޔާތުގައި ބްރިޖު ބިމާ ހަމަވެއްޖެ

އަލްފާ އަލީ

logo

9/6/2022, 6:57:29 PM

# ދުނިޔެ

Congo-bridge

ކޮންގޯ ގައި އަލަށް ތަރައްޤީކުރި ބްރިޖެއް، ހުޅުވުމުގެ ރަސްމިޔާތުގައި ބިމާ ހަމެވެއްޖެ އެވެ.

ގޮސިޔާ

އެ ބްރިޖު ބިމާ ހަމަވާ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ އާއްމުވެފައެވެ. ވީޑިއޯ އިން ފެންނަގޮތުގައި، ކޮންގޯގެ އިސް އޮފިޝަލުންތަކެއް އެ ބްރިޖުގެ ރިބަންފަށް ކެނޑުމާއެކު އެ ބްރިޖު ވަނީ ބިމާ ހަމަވެފައެވެ.

އެ ބްރިޖު ބިމާ ހަމަވެފައިވަނީ ކޮންގޯގެ އޮފިޝަލުންވެސް ބުރިޖު މަތީގައި ތިއްބާއެވެ.

View post on Twitter

ޓްވިޓާގައި "އެފްރިކާ ފެކްޓް ޒޯން" ނަމުގައި ހުޅުވާފައިވާ އެކައުންޓަކުން ވައިރަލްކޮށްފައިވާ މި ވީޑިއޯއަށާް 2 މިލިއަން ވިއުސް ވަނީ ލިބިފައެވެ. އަދި ހަތްހާހަށްވުރެ ގިނަ މީހުން ރިޓްވީޓްކޮށްފައިވާއިރު، އެވީޑިއޯއަށް 25000 އަށްވުރެ ގިނަމީހުން ވަނީ ލައިކްކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިވާކަމަށް ރިޕޯޓްކޮށްފައި ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ