logoEN
cocacola
އިސްތަންބޫލްގެ ނައިޓް ކްލަބެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 29 މަރު!

އިސްތަންބޫލްގެ ނައިޓް ކްލަބެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 29 މަރު!

އަހުމަދު ޝުރާއު

logo

4/2/2024, 5:39:04 PM

# ތުރުކީ

ތުރުކީގައި ހިނގި އަލިފާނުގެ ހާދިސާ

ތުރުކީގެ އިސްތަންބޫލްގެ ނައިޓް ކްލަބެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 29 މީހުން މަރުވެއްޖެ އެވެ.

ގޮސިޔާ

އިސްތަންބޫލްގެ މެދުތެރޭގެ ސިޓީގެ ގަވަރުނަރުގެ އޮފީހުން ބުނީ ނައިޓް ކްލަބެއްގައި ދުވާލުގެ ވަގުތު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި 29 މީހުން މަރުވެ އެކަކު ޒަހަމްވެފައިވާ ކަމަށެވެ.

"އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު... މިހާރު ވަނީ 29 އަށް އަރާފައި،" ގަވަރުނަރު ދަވޫތު ގުލްގެ އޮފީހުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އަލިފާނުގެ ހާދިސާގައި ޒަހަމްވި އެކަކަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

އަންގާރަ ދުވަހު އަލިފާން ރޯވެފައިވަނީ މީހުން ދިރިއުޅޭ ގެރެޓެޕް ޑިސްޓްރިކްޓްގައި ހުންނަ 16 ބުރީގެ އިމާރާތެއްގެ ގްރައުންޑް ފްލޯގައެވެ. ނައިޓް ކްލަބު ހިންގަމުން އައީ އެފްލޯގައި އެވެ.

ގަވަރުނަރުގެ އޮފީހުން ބުނީ އަލިފާން ރޯވާން ފެށީ ޖީއެމްޓީ ގަޑިން 09:47 ހާއިރު ކަމަށާއި އޭގެ ގަޑިއިރުތަކެއް ފަހުން އަލިފާން ނިއްވާ ފަރާތްތަކުން އެ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ. މިއާއި އެކު ކްލަބުގެ މެނޭޖްމަންޓާއި މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދިޔަ ފަރާތްތައް ހިމެނޭހެން ފަސް މީހަކު ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ބުނެފައި އެވެ.

އިސްތަންބޫލުން ރިޕޯޓްކުރާ އަލްޖަޒީރާގެ ސިނެމް ކޮސެއޮގްލޫ ބުނީ އެ ހާދިސާ ހިނގި އިރު ރަމަޟާން މަހު ނައިޓް ކްލަބް މަރާމާތަށް ބަންދުކޮށްފައިވާ ކަމަށެވެ. އަދި މަރާމާތު ކުރަމުން ދިޔައީ އީދަށް ހުޅުވުމަށް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ