.avif&w=3840&q=75)
--
ތުރުކީގައި ހިނގައިދިޔަ ކޭބަލް ކާރު އެކްސިޑެންޓެއްގައި އެކަކު މަރުވެ އެތައް ބަޔަކު ތާށިވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާގައި އެކަކު ވަނީ މަރުވެފައެވެ. އަދި އެތައް ބަޔަކު ޒަހަމްވެފައިވާއިރު, 60 އަށްވުރެ ގިނަ މީހުން ވަނީ ކެބިންތަކުގައި ތާށިވެފައެވެ.
ހުކުރު ދުވަހު ތުރުކީ ގަޑިން ހަވީރު 5:23 ހާއިރު މި ހާދިސާ ހިނގައިދިޔައީ ކޭބަލް ކާރު ކެބިން އެއް ހަލާކުވެފައިވާ ދަނޑިއެއްގައި ޖެހިގެން ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ވަނީ ބުނެފައެވެ.
ހާދިސާއާއެކު 24 ކެބިންއެއް ތާށިވެފައިވާއިރު, 16 ގަޑިއިރު ތެރޭގައި 112އަށްވުރެ ގިނަ މީހުން ވަނީ ސަލާމަތްކޮށްފައެވެ. އަދިވެސް ސަލާމަތް ނުކުރެވޭ 60އަށްވުރެ ގިން މީހުން ތިބިކަމަށް ރިޕޯޓްތައް ބުނެއެވެ.
ސަލާމަތް ނުކުރެވި ތިބި މީހުންގެ ތެރޭގައި ސިއްހީ ކުއްލި ފަރުވާ ބޭނުންވާ މީހުން މިހާރު ނެތް ކަމަށްވެސް އެގައުމުގެ ވުޒާރާތަކާއި ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މި ހާދިސާގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް 7 ހެލިކޮޕްޓަރާއި, 500 އަށްވުރެ ގިނަ މީހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ގުޅުންހުރި

ތުރުކީގެ އިންޓެލިޖެންސްގެ ވެރިޔާ ހަމާސްގެ އިސްވެރިންތަކަކާއި ބައްދަލުކޮށްފި

ތުރުކީގެ ކާރުޚާނާއެއްގައި އެއްޗެއް ގޮވައިގެން ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ތުރުކީގެ ވެރިރަށުގައި ދިން ނިރުބަވެރި ހަމަލާގައި މަރުވި މީހުންގެ އަދަދު 5 އަށް!
