logoEN
PNC TOP 3
އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށް ޣިޔާޘް!

އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށް ޣިޔާޘް!

އަހުމަދު ޝުރާއު

logo

7/11/2024, 10:19:06 AM

# އެމްއެމްޕީއާރްސީ

--

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ އެމްއެމްޕީއާރްސީގެ ޗެއާޕަސަން ކަމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

PNC MID 2

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން މިއަދު ބުނީ އެމް.އެމް.ޕީ.އާރު.ސީ ގެ ޗެއަރމަން އަދި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް ހ. ލޭޑީބާރޑްއާގެ، އަލްފާޟިލް ޢަބްދުﷲ ޣިޔާޘް ރިޔާޟް އައްޔަނުކޮށްފައިވާ ކަމަށެވެ.

އެގޮތުން އޭނާ އެމަގާމަށް އައްޔަނުކުރީ މިއަދު ކަމަށް ޕީސީބީއިން ވަނީ ބުނެފައި އެވެ.

ގިޔާސް އަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ރައީސް އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގިޔާސް ވަނީ އެމްއެމްއޭ ބޯޑު މެންބަރުކަންވެސް ކޮށްފަ އެވެ.

މީގެ ކުރިން އެމްއެމްޕީއާރްސީގެ ބޯޑުގެ ޗެއާޕާސަންއަކަށް ހުންނެވީ އައިޝާ ނޫރައިން ޖަނާހު އެވެ. ނޫރައިން ވަނީ މޭ މަހު އެމަގާމުން އިސްތިއުފާ ދެއްވާފައި އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC