
ފަތުރުވެރިކަން ޕްރޮމޯޓުކުރާ ކެމްޕޭނެއް ހިންގުމަށް ބީއެމްއެލް އާއި އެމްއެމްޕީއާރްސީއާއި ދެމެދު އެއްބަސްވުމެއް!
# ބީއެމްއެލް# އެމްއެމްޕީއާރްސީ--
ބޭންކުގެ ގްލޯބަލް ޕާޓްނަރ ނެޓްވޯކްތައް މެދުވެރިކޮށް، ދުނިޔޭގެ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާ ދެމެދު އެއްބަސްވުމެއް ސޮއިކޮށްފިއެވެ.

ބީއެމްއެލްއާއި އެމްއެމްޕީއާރްސީން މި އެއްބަސްވުމުގައި ސޮއިކުރީ މިހާރު ދުބާއީގައި ހިނގަމުންދާ އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ގައެވެ. މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އެވެ. އަދި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ އެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ އެމްއެމްޕީއާރްސީއާއެކު މިފަދަ މުހިންމު މަސައްކަތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން އެބޭންކުން އުފާކުރާ ކަމަށާއި ބޭންކުގެ އެކްސްކްލޫސިވް އިންޓަރނޭޝަނަލް ކާޑު ޕާޓްނަރޝިޕްތަކާއެކު އޮންނަ ބަދަހި ގުޅުމުގެ ސަބަބުން ދުނިޔޭގެ އެކި މާކެޓުތަކުގައި ރާއްޖެ ޕްރޮމޯޓުކުރާ މިންވަރު އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ކުރެވޭނެ ކަމަށެވެ. " ކައިރި މުސްތަޤްބަލެއްގައި އަމަލީ މަސައްކަތް ފެށުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން." އޭނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ހިންގޭ ޑެސްޓިނޭޝަން ކެމްޕޭން ފަރުމާކޮށްފައިވަނީ ޕްރީމިއަމް ފަތުރުވެރިންނަށް ހާއްސަ އޮފަރތަކަކާއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ކަމަށާއި މި ސްޓްރެޓެޖިކް ކެމްޕޭންގެ ސަބަބުން ފަތުރުވެރިން ރާއްޖޭގައި ކުރާ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ދުނިޔޭގެ އެކިކަންކޮޅުތަކުގައިވެސް އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމި އޮތުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ.
ގުޅުންހުރި

ގއ ކޮނޑޭއާއި ކަނޑުހުޅުދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފަށައިފި

ބީއެމްއެލްއާއި މޯޕާ ގުޅިގެން ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ޕްރޮޖެކްޓެއް ހިންގަނީ
.jpg&w=3840&q=75)
އެސްޑީއެފްސީގެ ޗެއާމަންއަކަށް ޝަރީފު، އެމްޑީއަކު ބަދުރުއްދީން!
