logoEN
Sto top
އިންޑިއާގެ މަޝްހޫރު ކްރިކެޓު ޓީމް މުމްބާއީ އިންޑިއަންސްގެ ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ!

އިންޑިއާގެ މަޝްހޫރު ކްރިކެޓު ޓީމް މުމްބާއީ އިންޑިއަންސްގެ ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ!

އަހުމަދު ޝުރާއު

logo

3/20/2025, 9:01:38 AM

# މުމްބާއީ އިންޑިއަންސް# އެމްއެމްޕީއާރްސީ

--

އިންޑިއާގެ ކްރިކެޓުގައި އެންމެ މަގްބޫލު އެއް ޓީމް ކަމަށްވާ މުމްބާއީ އިންޑިއަންސްގެ ޓޫރިސްޓު ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހި ރާއްޖެ ހަމަޖައްސައިފި އެވެ.

Wamco

އެމްއެމްޕީއާރްސީއިން މިއަދު މިކަން ހާމަކޮށް ނެރުނު ބަޔާނެއްގައި ބުނީ ވިޒިޓް މޯލްޑިވްސް އިން ކުރިއަށް އޮތް 2025 ވަނަ އަހަރުގެ ސީޒަންގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް އިންޑިއާގެ އެންމެ ކާމިޔާބު އަދި އަގުބޮޑު ކްރިކެޓް ޓީމު ކަމަށްވާ މުމްބާއީ އިންޑިއަންސްއާ އެކު ރަސްމީ ޕާޓްނަޝިޕެއް އިއުލާނުކުރުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ.

އަދި މިޕާޓްނަރޝިޕަކީ ވިޒިޓް މޯލްޑިވްސް އިން އިންޑިއާއާއި އެކު ގާއިމްކުރާ މިފަދަ ފުރަތަމަ ޕާޓްނަރޝިޕް ކަމަށާއި މި ޕާޓްނަރޝިޕްގެ ސަބަބުން، ރާއްޖޭގެ އެންމެ މުހިންމު އެއް ސޯސް މާކެޓު ކަމަށްވާ އިންޑިއާގައި ރާއްޖޭގެ ބައިވެރިވުން އިތުރަށް ހަރުދަނާކުރުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުން ބަލާ ކުޅިވަރެއްގެ ހައިސިއްޔަތުން ކްރިކެޓަކީ އާމްދަނީ ބޮޑު އޯޑިއަންސެއް އޮންނަ ކުޅިވަރެއް ކަމުން މި ޕާޓްނާޝިޕަކީ އިންޑިއާ އާއި ބައިނަލްއަގުވާމީ ދަތުރުވެރިންގެ މެދުގައި ރާއްޖޭގެ ބްރޭންޑް މަތިކުރުމަށް އެޅި ސްޓްރެޓެޖިކް ފިޔަވަޅެއް ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

އިންޑިޔާއަކީ ރާއްޖެއަށް އެންމެ ބޮޑު ސޯސް މާކެޓަކަށްވުމާއެކު، މި ޕާޓްނަރޝިޕްގެ ސަބަބުން މި ސަރަޙައްދުން އަންނަ ފަތުރުވެރިންގެ ޢަދަދުތައް ހަރުދަނާވެ، ރާއްޖެ މާކެޓުވާ މިންވަރު އިތުރުވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން އުންމީދުކުރާއިރު މި ޕާޓްނަރާޝިޕާއި އެކު ވިޒިޓް މޯލްޑިވްސް އިން 2025 ވަނަ އަހަރު އިންޑިއާގެ ދެ ލައްކަ ޓޫރިސްޓުން ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމުގައި މި އެއްބާރުލުން މުހިންމު ދައުރެއް އަދާކުރާނެ އެވެ.މި ޕާޓްނަރޝިޕް މެދުވެރިކޮށް ވިޒިޓް މޯލްޑިވްސްއިން މުމްބާއީ އިންޑިއަންސްއާ އެކު ޚާއްސަ ކެމްޕެއިންތަކެއް ފެށުމަށް ހަމަޖެހިފައިވާއިރު، ޑިޖިޓަލް ޕްރޮމޯޝަންތަކާއި، އޮން ގްރައުންޑް އެކްޓިވޭޝަންތަކާއި، ރާއްޖެއަކީ އެންމެ ފަހުގެ ލަގްޒަރީ ޓްރެވަލް ޑެސްޓިނޭޝަންގެ ގޮތުގައި އިޝްތިތާހުކުރުމަށް އެކްސްކްލޫސިވް އެކްސްޕީރިއެންސްތައް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ. އަދި ކްރިކެޓް ސަޕޯޓަރުންނާއި ދަތުރުވެރިންނަށް ވެސް ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ދުނިޔޭގެ ފެންވަރުގެ ރިސޯޓްތަކާއި ތަފާތު މެހެމާންދާރީ ބަލާލުމުގެ ފުރުސަތު މި ޕާޓްނާރޝިޕާއި އެކު ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

"މުމްބާއީ އިންޑިއަންސްއާ އެކު މި ޕާޓްނާޝިޕަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް،" ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވި އެވެ. "އިންޑިއާ، ރާއްޖެ އަދި އެނޫން ވެސް އެތައް މިލިއަން ބައެއްގެ ހިތްތަކުގައި ކްރިކެޓަކީ ހާއްސަ ޖާގައެއް އޮތް ކުޅިވަރެއް. އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ އެއް ކްރިކެޓް ޓީމާ އެކު، އިންޑިއާގެ ގިނަ ދަތުރުވެރިންނަށް ޗުއްޓީ ހޭދަކުރުމަށް އެންމެ ކަމުދާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޚްތިޔާރުކުރުމަށް ހިތްވަރު ލިބިގެންދާނެކަމުގެ ޔަޤީންކަން އެބައޮތް."މި ޕާޓްނާރޝިޕާއި ގުޅޭގޮތުން މުމްބާއީ އިންޑިއަންސްގެ ތަރުޖަމާނު ބުނީ ކްރިކެޓާއި ޗުއްޓީ އަކީ އުމުރު ދުވަހަށް ދެމިގެންދާ ހަނދާންތައް އާކުރުން ކަމަށާއި ވިޒިޓް މޯލްޑިވްސްއާ އެކު ގާއިމްކުރި ޕާޓްނާޝިޕާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެޓީމުގެ ސަޕޯޓަރުންނަށް ރާއްޖެ އިތުރުަށް އިޝްތިހާރު ކުރެވިގެން ދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މުމްބާއީ އިންޑިއަންސް އަކީ ދުނިޔޭގެ އެންމެ މަގްބޫލު ކްރިކިޓް ލީގް ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު 5 ވަރަކަށް ކާމިޔުާބުކޮށް ކްލަބު ކްރިކެޓުގެ އެންމެ ޝަރަފުވެރި މުބާރާތްކަމަށްވާ ކްރިކެޓް ޗެމްޕިއަންސް ލީގު 3 ފަހަރަށް ކާމިޔާބުކޮށްފައިވާ ޓީމެކެވެ. މި ޓީމަކީ އިންޑިއާގެ މަހުޖަނު އަމްބާނީގެ އާއިލާގެ ފުރިހަމަ ހިއްސާ އޮންނަ ޓިމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside