logoEN
cocacola
ފުރަތަމަ ހަމަސްތެރޭ ކުޑަކުދިންނާ ގުޅޭ 184 އާއިލީ މައްސަލަ!

ފުރަތަމަ ހަމަސްތެރޭ ކުޑަކުދިންނާ ގުޅޭ 184 އާއިލީ މައްސަލަ!

އަލްފާ އަލީ

logo

8/31/2022, 5:52:03 PM

# ކުޑަކުދިން# ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް

male

މި އަހަރުގެ ފުރަތަމަ ހަ މަސްތެރޭގައި ކުޑަކުދިންނާ ގުޅޭ 184 އާއިލީ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ބުނެފިއެވެ.

ގޮސިޔާ

އެ ސާވިސްއިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދަރިންގެ ހަރަދު ދިނުމުގެ 13 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. އެއީ އަންހެން ކުދިންނަށް ހަރަދު ނުދިނުމުގެ ތިން މައްސަލައަކާއި ފިރިހެން ކުދިންނަށް ހަރަދު ނުދިނުމުގެ 10 މައްސަލަ އެކެވެ.

ކުދިން ބެލުމުގައި ޖެހޭ 83 މައްސަލަ ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެއީ އަންހެން ކުދިން ބެލުމުގެ 40 މައްސަލައަކާއި ފިރިހެން ކުދިން ބެލުމުގެ 43 މައްސަލައެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުދިންނާ ބައްދަލުކުރުމުގެ 17 މައްސަލައެއް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއަށް ހުށަހަޅާފައި ވެއެވެ. އެއީ އަންހެން ކުދިންނާއި ބައްދަލުކުރުމުގެ ނުވަ މައްސަލައަކާއި ފިރިހެން ކުދިންނާ ބައްދަލު ކުރުމުގެ އަށް މައްސަލަ އެކެވެ.

މި އަހަރުގެ ފުރަތަމަ ހަ މަހު ހަޟާނާތު 71 މައްސަލައެއް އެ ސާވިސްއަށް ހުށަހަޅާފައިވެއެވެ. އެއީ އަންހެން ކުދިންގެ ހަޟާނާތުގެ 35 މައްސަލައަކާއި ފިރިހެން ކުދިން ހަޟާނާތުގެ 36 މައްސަލައެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ