logoEN
cocacola
ދައުލަތުން ބަލަހައްޓަމުން ގެންދިޔަ 34 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

ދައުލަތުން ބަލަހައްޓަމުން ގެންދިޔަ 34 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

އައިޝަތު އިފާޝާ

logo

10/11/2022, 12:47:06 PM

# ކުޑަކުދިން# ޖެންޑަރ މިނިސްޓްރީ

big_f6WqezdDrZgWVXeR3nFfmBpnS

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން 34 ކުއްޖަކު އެކުދިންގެ ޢާއިލާތަކާ ޙަވާލުކޮށްފައި ވާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ހާމަކުރައްވައިފިއެވެ. މީގެތެރޭގައި އެކި މައްސަލަތަކުގައި މިއަހަރު ދައުލަތަށް ނަގަންޖެހުނު ތުއްތު 11 ކުދިންގެ ތެރެއިން 8 ކުއްޖަކުވެސް ހިމެނޭކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ގޮސިޔާ

ދައުލަތުގެ ބެއްލެވުމުގެ ދަށަށް ކުދިން ނަގަންޖެހެނީ ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން އަމިއްލަ ޢާއިލާގެތެރެއިން ކަށަވަރު ނުވުމުގެ ސަބަބުންނެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ލިބޭ ދަރިން ހޮސްޕިޓަލަށް ދޫކޮށްލުމަށްފަހު ފިލުންފަދަ ގިނަ މައްސަލަތަކެއް މިއަހަރު އެކަނިވެސް ވަނީ ފެންމަތިވެފައެވެ. މީގެއިތުރުން ޢާއިލާތަކުގެތެރެއިން ރައްކާތެރިކަން ކަށަވަރުނުކުރެވުމުގެ ސަބަބުން 11 ކުއްޖަކު މިއަހަރުވަނީ ދައުލަތަށް ނަގަން ޖެހިފައެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އެމިނިސްޓްރީން މިހާރު ގެންގުޅުއްވާ އުސޫލުގެ ދަށުން ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި ތާއަބަދަށް ބޭތިއްބުމުގެ ސިޔާސަތު ދޫކޮށް ކުދިން ޢާއިލާތަކާ ޙަވާލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭކަމަށެވެ. އެގޮތުން މި ކުދިންގެ ޢާއިލާތަކާ ކުދިންނާ ގުޅުވުމަށް ކުރެވުނު މަސައްކަތުން މިހާތަނަށް މީގެ ތެރެއިން 8 ކުއްޖަކު ޢާއިލާގެ ކޮންމެވެސް ފަރާތަކާ ޙަވާލުކުރެވިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކުދިންގެ ތެރެއިން 34 ކުއްޖަކު ޢާއިލާތަކާ ޙަވާލުކުރެވިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތުވެސް 186 ކުދިން އެބަތިއްބެވެ. މީގެތެރޭގައި 13 އަހަރުން ދަށުގެ 90 ކުދިން ހުޅުމާލޭ ފިޔަވަތީގައި އަންނަނީ ބަލަހައްޓަމުންނެވެ. މިދިޔަ އަހަރުވެސް 3 ކުއްޖަކު ދައުލަތަށް ނަގާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

އެމިނިސްޓްރީން ވިދާޅުވީ ދައުލަތުގެ ބެލުމުގެދަށުގައި ތިބޭކުދިން ޢާއިލާތަކާ ގުޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭކަމަށެވެ. މިމަސައްކަތުގައި ދިމާވާ އެންމެބޮޑު ދައްޗަކީ ޢާއިލާތަކުގެ ތެރޭގެ ޙާލަތު ބަދަލުނުވުންކަމަށް ޖެންޓަރ މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ކުދިންނަށް އަނިޔާކުރާ މީހުން ގޭތެރޭގައި އުޅުމާއި ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ މީހުން ކުދިން ދައްކާ ވާހަކަ ޤަބޫލު ނުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުން އުޅުންފަދަ ޙާލަތްތައް ޢާއިލާގެތެރޭގައި ބަދަލުނުކުރެވޭކަން ޖެންޑަރ މިނިސްޓްރީން ފާހަގަކުރައްވައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ގިނަ ދުވަސްވެފައިވާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން އެކުދިންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމާއި ކުދިންނަށް ބޭނުންވާ ހުނަރު އިތުރުކުރުމުގެ އެކި ޕްރޮގްރާމްތައް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާކަން ޖެންޑަރ މިނިސްޓްރީން ފާހަގަކުރައްވައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ