logoEN
cocacola
ނޭވާ ހޮޅީގައި ކަރަންފުލެއް ތާށިވެ، 2 އަހަރު ނުވާ ކުޑަކުއްޖަކު މަރުނުވީ ކިރިޔާ!

ނޭވާ ހޮޅީގައި ކަރަންފުލެއް ތާށިވެ، 2 އަހަރު ނުވާ ކުޑަކުއްޖަކު މަރުނުވީ ކިރިޔާ!

އަހުމަދު ޝުރާއު

logo

3/1/2022, 7:47:28 PM

# ކުޑަކުދިން# އައިޖީއެމްއެޗް

sf

ރާއްޖޭގައި ތުއްތު ކުއްޖެއްގެ ނޭވާ ހޮޅީގައި ކަރަންފުލެއް ތާށިވެ ސީރިއަސް ހާލަތަކަށް ގޮސްފިއެވެ.

ގޮސިޔާ

މިހާދިސާ ހިނގިކަން އާންމުކުރެއްވީ އައިޖީއެމްއެޗްގެ ޑޮކްޓަރެއް ކަމުގައިވާ ޑރ މުހައްމަދު އަލީއެވެ. ޑރ މުހައްމަދު ވަނީ މިހާދިސާގައި އެކުއްޖާއަށް ފަރުވާދެވުނު ގޮތް ފޭސްބުކުގައި ހިއްސާކޮށްފައެވެ.

ޑރ މުހައްމަދު ވިދާޅުވީ ކަރަންފުލެއް ތާށިވެ ހާލު ސީރިއަސްވި ކުއްޖާއަކީ އުމުރުން އެންމެ ދެއަހަރުގެ ކުއްޖެއް ކަމަށެވެ. އަދި އެކުއްޖާގެ ފުރާނަ ސަލާމަތްކުރެވުނީ ކިރިޔާ ކަމަށްވެސް ޑރ ވިދާޅުވިއެވެ.

ކަރަންފުލަކީ އެއަށް ފެންދަމާ އެއްޗަކަށް ވެފައި އެކުއްޖާގެ ނޭވާލާ ހޮޅީގައި ތާށިވި ކަރަންފޫވެސް އިނީ ފެންދަމާ ފުފިފައި ކަމަށް ޑރ މުހައްމަދު ވިދާޅުވިއެވެ. އަދި މި ކަރަންފޫ ނެގިފައިވާ އުދަނގަލުންކަމަށާއި ފަރުވާ ދެމުންދިޔަ އިރު ކުއްޖާ ވެންޓިލޭޓަރަށްވެސް ލާންޖެހުނުކަން ޑރ ފާހަގަކުރެއްވިއެވެ.

މިހާރު ފަރުވާއަށް ފަހު އެކުއްޖާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މި ހާދިސާ ހިއްސާކުރައްވަމުން ޑރ މުހައްމަދު ވަނީ ކުޑަކުދިންނަށް ކަރަންފޫ ކަހަލަ އެއްޗެހި ނުދިނުމަށާއި ކާއެއްޗެހި އަނގަޔަށްލައިގެން ހީ، ސަކަރާތްޖަހާ ދުވެ އުޅުނަ ނުދިނުމަށް ބެލެވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ