logoEN
Sto top
އައްސޭރި ޖަލުގައި “އިންޑަސްޓްރިއަލް ޑޭ” ފާހަގަކޮށްފި

އައްސޭރި ޖަލުގައި “އިންޑަސްޓްރިއަލް ޑޭ” ފާހަގަކޮށްފި

އަހުމަދު ޝުރާއު

logo

8/30/2022, 10:42:43 PM

# ކަރެކްޝަންސް

viber_image_2022-08-30_15-46-01-383-1536x1023

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އައްސޭރި ޖަލުގައި އެލަވަންސް ވަޒީފާގައި އުޅޭ ޤައިދީންނަށް ޚާއްސަކޮށް “އިންޑަސްޓްރިއަލް ޑޭ” ފާހަގަކޮށްވިއެވެ.

Wamco

މި އިވެންޓްގައި އައްސޭރި ޖަލުގެ ސީނިއަރ މެނޭޖްމަންޓާއި ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ) ގެ ޗެއަރމަންއާއި މެންބަރުންގެ އިތުރުން އެ ޖަލުގެ އެލަވަންސް ވަޒީފާގައި އުޅޭ 92 ޤައިދީން ބައިވެރިވިއެވެ.

“އިންޑަސްޓްރިއަލް ޑޭ” ގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ދެ އަހަރު މެނދުކެނޑުމެއްނެތި ވަޒީފާ އަދާކުރަމުންދާ ޤައިދީންނަށް ހަނދާނީ ލިޔުމަކާއި ޕްރިސްކޯ ގެ ފަރާތުން ހަދިޔާ ދިނުމާއި ކުޅިވަރުގެ އެކި ހަރަކާތްތައް ހިމެނުނެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތު ދޭގޮތުގައި އެސާވިސްއިން އަބަދުވެސް މަސައްކަތްކުރަނީ ޤައިދީން އިސްލާހުކޮށް، ރަނގަޅު ފަރުދުންތަކެއްގެ ގޮތުގައި އަނބުރާ މުޖްތަމަޢަށް ނެރުމަށެވެ. އެގޮތުން ޤައިދީންނަށް މިފަދަ ހަރަކާތްތައް ހިންގުމުގެ ސަބަބުން އެ ފަރާތްތަކަށް ރަނގަޅު މަގުގައި ދެމިތިބުމަށް ހިތްވަރު ލިބި، އެންމެންގެ މެދުގައި އެކުވެރިކަން އިތުރުވެގެންދާނެކަން އެސާވިސްއިން ފާހަގަކުރެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside