
ޖަލަށްލައިފިއްޔާ ކުރީގެ ރައީސް ޔާމީންވެސް ރިހިބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާންޖެހޭނެ - އިމްރާން
# ކަރެކްޝަންސް# ޚަބަރު# އިމްރާން އަބްދުﷲFb_oi7XaQAI9PC3
ކުށެއް ކޮށްގެން ޖަލަށްލައިފިއްޔާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ރިހިބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާންޖެހޭނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަަލް ސަރވިސްގެ 51 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން އެޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، އަމާޒަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ޖަލުތަކުގައި ތިބޭ ހުރިހާ ގައިދީންނަކީ ރިހިބިލިޓޭޓް ވާންޖެހޭނެ މީހުން ކަމުގައި ހެދުން ކަމަށެވެ.
އެގޮތުން އެމަނިކުފާނު ޖަލަށް ލިޔަސް އަދި ރައީސް ޔާމީން ޖަލަށް ލެވުނަސް ރިހިބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ ކަމަށާއި، އެއީ އެކަން އޮތް ގޮތް ކަމަށާއި އެކަން އޮންނަން ޖެހޭ ގޮތް ކަމަށްވެސް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމުގައި މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ޖަލަށް ދަނީ ކޮންމެވެސް މައްސަލައެއް ހައްލުކުރަންޖެހޭތީ ކަމަށެވެ. އެގޮތުން މައްސަލައެއް އޮވެގެން ޖަލަށް ދިޔުމުން އަނބުރާ މުޖުތަމައު އަށް އަންނަން ވާނީ އެތަނުގެ އެތެރެއިން ކޮންމެވެސް ޕްރޮގްރާމެއްގައި ބައިވެރިވެ އިސްލާހީ ފިލާވަޅެއް ލިބިގެން ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.
ރިހިބިލިޓޭޝަން މަސައްކަތުގެ އެންމެ ބޮޑު ގޮންޖެހުމަކީ އަދި ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ ރިހިބިލިޓޭޝަންގެ މަސައްކަތަށް އަހުލުވެރިވެފައި ތިބި އޮފިސަރުން އުފެއްދުން ކަމަށާއި, އެކަމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
ގުޅުންހުރި

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ނިޔާވެއްޖެ

އިސްލާމްދީނުގެ އަޤީދާއާއި، މި ވަޠަނުގެ މިނިވަންކަމާއި އިސްތިޤުލާލު ރައީސް ދަމަހައްޓަވާނެ - އިމްރާންް

ރައީސްކަން ކުރެއްވި ބޭފުޅަކު ބޯ ހަމަނުޖެހޭ ވާހަކަ ދައްކާތީ ހައިރާންވޭ - އިމްރާން
