logoEN
Sto top
އިންޑިއާ އިން ކަރެކްޝަންސް އަށް ލޯންޗެއް ހަދިޔާކޮށްފި

އިންޑިއާ އިން ކަރެކްޝަންސް އަށް ލޯންޗެއް ހަދިޔާކޮށްފި

އަލްފާ އަލީ

logo

10/2/2022, 9:45:59 PM

# ރާއްޖެ-އިންޑިއާ# ކަރެކްޝަންސް

fedcvphviaa0jr3-876x584

އިންޑިއާ ސަރުކާރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ލޯންޗެއް ހަދިޔާކޮށްފިއެވެ.

Wamco

ތިރީސް މީހުންގެ ޖާގައިގެ މި ލޯންޗު ހަދިޔާ ކުރީ އިންޑިއާގެ ފޮރިން ސެކްރެޓަރީ، ވިނޭ މޯހަން ވަތުރާ ރާއްޖެ މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެވެ. ކަރެކްޝަންސްގެ ފަރާތުން އެ ލޯންޗާ ހަވާލުވެވަޑައިގެންނެވީ ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅެވެ. އިންޑިއާގެ ފަރާތުން މި ލޯންޗު ހަވާލުކޮށް ދެއްވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއެވެ.

މި ލޯންޗަކީ އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖު 2019 ވަނަ އަހަރު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާ އަށް އެހީވުމުގެ ގޮތުން ދިން 106 މިލިއަން ރުފިޔާގެ ފައިސާގެ އެހީގެ ދަށުން ދިން ލޯންޗެކެވެ.

އެ އެހީގެ ދަށުން އިންޑިއާ އިން ވަނީ މީގެ ކުރިން ހަތަރު ވޭނެއް ހަދިޔާކޮށްފައެވެ. މާދަމާގެ ނިޔަލަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ކުރައްވާ ދަތުރަކީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފްގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside