
ރިޔާސީ އިންތިޚާބުގެ އިރު އަރަން ކައިރިވާއިރު، ވިސްނަންވީ އިޖުތިމާއީ ފޭރާން އިއާދަ ކުރެވޭނެ ގޮތަކާމެދު - ޝަހީމް
# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު# ރިޔާސީ އިންތިޚާބު 2023Shaheem
ރިޔާސީ އިންތިޚާބުގެ އިރު އަރަން ކައިރިވާއިރު، ވިސްނަންވީ އިޖުތިމާއީ ފޭރާން އިއާދަ ކުރެވޭނެ ގޮތަކާމެދުކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިޚާބުގެ އިރު އަރަން ކައިރިވަމުންދާއިރު، ރައްޔިތުން ވިސްނަންވީ އެއް ކަމަކީ ރާއްޖޭގެ އިޖުތިމާއީ ގޮތުން ހަލާކުވަމުންދާ މުޖުތަމައުގެ ފޭރާން އިއާދަ ކުރެވޭނެ ގޮތެއްގެ މައްޗަށް ކަމަށާއި، ހަމަ އެކަނި މާއްދިއްޔަތުގެ މައްޗަށް ގައުމުގެ މިސްރާބު ހުރެއްޖެ ނަމަ ގައުމު ފަނާވެދާނެ ކަމަށެވެ.
ޑރ ޝަހީމް މިމޭރުމުން ވިދާޅުވެފައިމިވަނީ، ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގުން ފަދަ އަމަލުތައް ގިނަވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެކަންތަކާ ގުޅިގެން ސަރުކާރުން މާ ބޮޑު ފިޔަވަޅެއް އެޅުމުގައި ނުކުޅެދިފައިވާކަންވެސް ގިނަ ބަޔަކު ފާހަގަކުރެއެވެ.
ގުޅުންހުރި

ޝަހީމް އަދާލަތު ޕާޓީއާއި ގުޅެން މެމްބަރޝިޕް ފޯމް ހުށަހަޅުއްވައިފި: ޕާޓީންވެސް ފޯމު ބަލައިގަތުމަށް ނިންމައިފި!

މިނިސްޓަރު ޝަހީމް އަލުން އަދާލަތު ޕާޓީއާއި ގުޅިވަޑައިގަންނަވަނީ

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ދީނީ ވަޙުދަތުގެ އެންމެ ބޮޑު އެއް ރައުސްމާލަކީ އިމާމުން - ޝަހީމް
