logoEN
cocacola
މިނިސްޓަރ މަހްލޫފްގެ ޝަރީއަތް ކެންސަލްކޮށްފި

މިނިސްޓަރ މަހްލޫފްގެ ޝަރީއަތް ކެންސަލްކޮށްފި

އައިޝަތު އިފާޝާ

logo

8/28/2022, 10:10:10 AM

# އެމްއެމްޕީއާރުސީ ޚިޔާނާތް# އަޙްމަދު މަޙްލޫފް

Mahloof-600x400

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގެ ދަށުން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައުވާ ރިޝްވަތުގެ ދައުވާގެ މިއަދު ތާވަލުކޮށްފައި އޮތް ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ގޮސިޔާ

އެމައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކުރީ މިއަދު ހެނދުނު ނުވައެއް ޖަހާއިރަށެވެ. އަދި އެ އަޑުއެހުން ކުރިއަށް ގެންދާނީ އޮންލައިންގައި ކަމަށްވެސް ތާވަލުގައި އޮތް ނަމަވެސް ފަހުން ވަނީ ޝަރީއަތް ކެންސަލް ކޮށްފައެވެ.

މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާކުރީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު އެސްއީޒެޑް ބިލަށް ވޯޓުު ދިނުމަށްޓަކައި 33،000 ޑޮލަރު (ފަސްލައްކަ ރުފިޔާ) ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ނެންގެވި ކަމަށް ބުނެ އެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ކްރިމިނަލް ކޯޓުން ވަނީ އެމައްސަލަ ބޭރުކޮށްލާފައެވެ. އެއީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ މިންވަރުގެ ހެކި ނެތް ކަމަށް ބުނެ އެވެ.

ނަމަވެސް ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސް ކަމަށާއި އެ މައްސަލަ އަލުން އެ ކޯޓުން ބަލަން ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މިއަދު މައްސަލަ އަލުން ފަށަން ނިންމީ ހައިކޯޓުން ނިންމި ނިންމުމުގެ ސަބަބުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ