
Jameel-phcidv3dnbl4xw8c64q58a0rssqg6me95ndr392je4
މިސަރުކާރާއެކު ދީނަށް ގޮންޖެހުން އާންމުވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިހެން ވިދާޅުވެފައިމިވަނީ، ރާއްޖޭގައި ފާޅުކަން ބޮޑުގޮތެއްގައި ދީނަށް ފުރައްސާރަކުރުމާއި، އެއްޖިންސުން ގުޅުން ހިންގުންފަދަ ނުބައި އަމަލުތައް ގިނަވެ އެކަންތަކާ ދެކޮޅަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް ނާޅާތީއެވެ.
އެގޮތުން ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިސަރުކާރު އައި ފަހުން ދީނަށް ފުރައްސާރަކުރުމުގެ ގިނަ ރިޕޯޓުތަކެއް ކުރެވިފައިވާ ކަމަށާއި، އެކި ގޮތްގޮތަށް ދީނަށް ހަޖޫ ޖެހުމާއި އެއްޖިންސުން ގުޅުން ހިންގުމުގެ ބޮޑު ކުށް އާންމުވެފައިވާ ަކަމަށެވެ.
އަދި ސަރުކާރު ހިންގަވަން ތިއްބެވި ދީނީ އިލްމުވެރިން ގެންދަވަނީ ސަރުކާރު ދިފާއު ކުރަމުން ކަމަށާއި، ބަހަނާ ދެއްކުމުގެ ބަދަލުގައި ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.
ގުޅުންހުރި

ޝިޔާމް ޖަމީލަށް: ފިއްތާލައްވާފަވިޔަސް ރައްޔިތުން އިންތިޚާބުކުރީ ރައީސް މުއިއްޒުކަން ހަނދުމަކޮށްލާ!

ޖަމީލުއަށް ސައީދުގެ ފާޑުކިޔުން: މައިކު އަތުޖެހުމުން ތިދަނީ "ދުނިޔެ ރަންވެ" ހޭބުއްދި ލުހިގެން!

ރައީސް ސޯލިހުގެ ކިބައިގަ މުނާފިގެއްގެ ހުރިހާ ސިފަތަކެއް ހަމަވޭ - ޖަމީލް
