logoEN
Sto top
ޝިޔާމް ޖަމީލަށް: ފިއްތާލައްވާފަވިޔަސް ރައްޔިތުން އިންތިޚާބުކުރީ ރައީސް މުއިއްޒުކަން ހަނދުމަކޮށްލާ!

ޝިޔާމް ޖަމީލަށް: ފިއްތާލައްވާފަވިޔަސް ރައްޔިތުން އިންތިޚާބުކުރީ ރައީސް މުއިއްޒުކަން ހަނދުމަކޮށްލާ!

އަހުމަދު ޝުރާއު

logo

4/18/2025, 5:13:35 PM

# އަހުމަދު ޝިޔާމް# ޑރ. މުހައްމަދު ޖަމީލް އަހުމަދު

--

ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފުން ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާއެއްގައި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ނިސްބަތްކުރައްވައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ފާޑުވިދާޅުވެއްޖެ އެވެ.

Wamco

ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ޑރ ޖަމީލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސުވަރުގެ ހަރާމްވާނެ ކަމަށް ވިދާޅުވެ "ފަތުވާ"އެއް ދެއްވާފައި އެވެ.

މިކަމާއި ގުޅިގެން ޖަމީލްއަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވަމުންދާއިރު ޖަމީލްގެ ވީޑިއޯ ރިޓުވީޓުކުރައްވައި ވަޒީރު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަންމަތިން މައިކެއް އަތުޖެހުނަސް ޖަމީލް ހުންނަވަނީ ހޭބުއްދިފިލާ ދުނިޔެރަންވެފައި ކަމަށާއި އެއީ " ތަންކޮޅެއް ބޮޑުވަރު" ކަމަށެވެ.

" ފިއްތާލައްވާފަވިޔަސް ކޮންމެރެޔަކު އަވަހާރަފުޅު ލައްޕަވާއިރު 2023 ގައި ރައްޔިތުން އިންތިޚާބުކުރެއްވި ވެރިޔަކީ ޑރ. މުޢިއްޒޭ ހިތްޕުޅަށް ގެންނެވީމަ ބޮޑުތަނުން ރަނގަޅުވާނެ. " ޝިޔާމް ވިދާޅުވިއެވެ. އަދި ޕޯސްޓު ނިންމަވާލައްވަމުން ޝިޔާމް ވަނީ އަވަހާރަފުޅު ލައްޕަވަމުން ޝަހާދަތް ވިދާޅުވާން ހަނދުމަފުޅު ކުރައްވާފައި އެވެ.

ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް الله سبحانه وتعالى ދެއްވާ އެއްޗެއްކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ އުނގެނި ޤަބޫލުކޮށްގެން މިތިބީހެޔޮ ޢަމަލު ކުރުންމަތީ ދެމި ތިބޭބަޔަކަށް ސުވަރުގެ ދެއްވަނީވެސް އެކަލާންގެ ކަމަށެވެ. އަދި އެއީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside