
gdfsdad
5 ވަނަ ވެކޭޝަން އެކްސްޕޯ މިއަހަރުގެ އޮކްޓޯބަރު މަހުގެ ފަހު ކޮޅު ބޭއްވުމަށް ނިންމައިފި އެވެ.

ހައިރައިޒުން އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތަކީ ޗުއްޓީއާ ދިމާކޮށް ރާއްޖެއާއި ރާއްޖޭން ބޭރުގެ މަންޒިލްތަކަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް އެމަންޒިލްތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ އެކްސްޕޯއެކެވެ. އެގޮތުން މިއެކްސްޕޯގެ ތެރެއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަތުރުވެރިކަމުގެ ދާއިރާއާއި އެއަރލައިން އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުން ކޮންމެ އަހަރަކުވެސް ބައިވެރިވެއެވެ.
މިއަހަރުގެ އެކްސްޕޯ ވެގެންދާނީ އެކްސްޕޯގެ 5 ވަނަ އެޑިޝަނަށެވެ. މި އެކްސްޕޯ އޮންނާނީ އޮކްޓޯބަރު 27 އިން 29 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެވެ.
ހައިރަޒުން މިހާރު އަންނަނީ މި އެކްސްޕޯގެ ޕާޓްނަރުންނާއި އެކު ސޮއިކުރަމުންނެވެ. އެގޮތުން މިއަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އޭސް ޓްރެވެލްސް މޯލްޑިވްސްއެވެ. ކޯ-ސްޕޮންސަރުންނަކީ އިނަރ މޯލްޑިވްސް ހޮލިޑޭސްއާއި އޭސް އޭވިއޭޝަން ސަރވިސަސް މޯލްޑިވްސްއެވެ.
މިއަހަރުގެ އެކްސްޕޯގައިވެސް ބައިނަލްއަޤްވާމީ އެއަރލައިންތަކާއި، ޓްރެވެލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާއި، ރިސޯޓްތަކާއި ގެސްޓްހައުސްތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވެކޭޝަން އެކްސްޕޯއާއި ދިމާކޮށް ކުންފުނިތަކާއި އެއަރލައިންތަކުން ތަފާތު ޕެކޭޖްތައްވެސް ތައާރަފްކުރާނެއެވެ.